ads
ފޮޓޯ: ހިނދުސްތާން ޓައިމްސް
ބޮލީވުޑްގެ "ޑަބަލް ސްޓޭންޑާޑްސް"އަށް ފާޑުކިޔުން އަމާޒުވެއްޖެ
ބޮލީވުޑްގެ އެތައް ގިނަ މަޝްހޫރު ފަރާތްތަކުގެ ޑަބަލް ސްޓޭންޑަޑްސް އަށް ޔޫޓިއުބަރެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
Advertisement

މަޝްހޫރު އިންޑިއާގެ ޔޫޓިއުބަރެއް ކަމަށްވާ ނިތިން މައުރިޔާ އަކީ މިހާރުގެ މަޝްހޫރު ފިޓްނަސް އިންފްލޫއެންސަރެކެވެ. އޭނާ ދުޅަހެޔޮ ދިރިއުޅުމެއް ކުރިއެރުވުމަށް އަމާޒުކޮށްގެން ވީޑިއޯތައް ހަދަމުން ގެންދާއިރު، ދާދި ފަހުން އޭނާ ވަނީ ބޮލީވުޑްގެ މަޝްހޫރު ފަރާތްތަކުގެ ދުޅަހެޔޮ ދިރިއުޅުމެއް ކަމަށް ބެލެވޭ ހަގީގަތް ހާމަކޮށް ސަމާލުކަން ހޯދާފައެވެ.

އެގޮތުން ނިތިން ވަނީ އެފަރާތްތަކުގެ މައްސަލަތަކަށް އަލިއަޅުވާލާ އެކި ކަންބޮޑުވުންތައް ފާޅުކޮށްފަ އެވެ.

ބޮލީވުޑްގެ މަޝްހޫރު ފަރާތްތައް އާންމުކޮށް މީހުން ތައުރީފު ކުރަނީ ދުޅަހެޔޮ ދިރިއުޅުމެއްގެ ޕްރޮމޯޓަރެއްގެ ގޮތުގައި ކަމަށާއި އެމީހުންގެ ފިލްމީ ރޯލުތަކަށް ހަރުކަށި ތަމްރީނުތަކެއް ތަހައްމަލުކޮށް އިންޓަވިއުތަކުގައި ސިއްހަތަށް ފައިދާހުރި ކާނާގެ އާދަތަކުގެ މުހިންމުކަމަށް ބާރުއަޅާ ކަމަށް ނިތިން ފާހަގަކުރެ އެވެ.

"އެކަމަކު ހިތާމައަކީ ދޭތެރެއަކުން ކޮންމެވެސް ވަރަކަށް ފައިސާއަށް އެމީހުން ތައްޔާރަށް ތިބެނީ ސިއްހަތަށް ފައިދާ ނޫން ކާނާ ޕްރޮމޯޓް ކޮށް އިޝްތިހާރުކުރަން " ޔޫޓިއުބާ ނިތިން ފާހަގަކުރެ އެވެ.

ފިޓްނަސް ފްރީކެއްގެ ގޮތުގައި އަމިއްލައަށް އެންޑޯސް ކުރާ ނަމަވެސް މިފަހުން އައިސް ބާގާ އައުޓްލެޓަކުން މުޅި ޖަންކް ފުޑް މީލް އެއް އޭނާގެ ނަމުން ނަން ދީފައިވާ ބޮލީވުޑް އެކްޓަރު ކާޓިކް އާރިއަން އިން އެކަން ފެށިގެން ދިޔަކަމަށް ނިތިން ފާހަގަކުރެ އެވެ. އޭގެ އިތުރުން ބޮލީވުޑް ދާއިރާގައި ފުންނާބުއުސް ސަމަންތާ، އާލިއާ ބަޓް އަދި ރިތިކް ރޯޝަން އަކީ ވެސް ނިތިންގެ ޔޫޓިއުބް ވިޑިއޯގައި ފާޑުކިޔުން އަމާޒުވި ފަންނާނުންނެވެ.

"މަޝްހޫރު ތަރިން، އެމީހުން ހަކުރު އެކުލެވޭ ކާނާ ބޭނުން ނުކުރާ ކަމަށް ބުނާ ނަމަވެސް ހަކުރު އެކުލެވޭ ކާނާ، ސޯފްޓް ޑްރިންކްސް އަދި އައިސްކްރީމް އާއި ޗޮކްލެޓް ޕްރޮމޯޓްކުރޭ" ނިތިން ބުނެ އެވެ.

އޭނާ ފާހަގަކުރާ ގޮތުގައި މި ހަރުކަށި ފިޓްނަސް އަދި ޓްރެއިނިން ރޫޓިންތަކާއި، އަދި އެއިން ޕްރޮމޯޓްކުރާ އިންތިހާއަށް ކޮންޓްރޯލް ކުރެވިފައިވާ "ޑައިޓޭރިއަން" އާދަތަކަކީ ހަމައެކަނި މަތީފަންތީގެ މުއްސަނދި މީހުންނަށް ކުރެވޭނެ ކަމެއްކަން ނިތިން ބުނެ އެވެ. 

އަދި މެދުފަންތީގެ އާއިލާތަކަށް ދުވަހުން ދުވަހަށް ކުރިމަތިވާ އުނދަގޫތަކުގެ ތެރޭގައި އެފަދަ ދިރިއުޅުމެއް ހާސިލް ކުރުމަށް ލިބޭ ކަހަލަ ފައިސާއެއް އެމީހުންނަށް ރައްކާ ނުކުރެވޭނެ ގާބިލުކަމެއް ލިބިފައިނުވާނެކަމަށްވެސް ނިތިން ބުނެ އެވެ.

އޭގެއިތުރުން އެމީހުންގެ ފިޓްނަސްގެ ސަބަބުން ކަމަށް ބުނެ އަމިއްލައަށް އެފަދަ އެއްޗެހިގައި އަތް ނުލާނެ އޭ ބުނާއިރު ދުންފަތާއި، ބަނގުރާ، އަދި ޖަންކް ފުޑް ފަދަ ގެއްލުން ހުރި އުފެއްދުންތައް އެންޑޯސް ކުރުމަކީ މުޅިން ވެސް އޮޅުވާލުމެއްކަމަށް ނިތިން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް