ads
ޒުވާން ހަތީބުން ޕްރޮގްރާމްގެ 2 ވަނަ ބުރު ފުރިހަމަ ކުރި ދަރިވަރުން
209 ޒުވާނަކަށް ހަތީބުކަމުގެ ސަނަދު
ޒުވާން ހަތީބުންގެ ދެވަނަ ބުރު ނިންމާ 209 ޒުވާނަކު ހަތީބުކަމުގެ ސަނަދު ހާސިލްކޮށްފިއެވެ.
Advertisement

ޒުވާން ހަތީބުން ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރު ކުރުމުގެ ހުއްދަ ދިނުމަށްޓަކައި އިންތިޒާމުކުރެވިފައިވާ ޕްރޮގްރާމެކެވެ.  

މި ޕްރޮގްރާމްގެ ދެވަނަ ބުރަށް ހުޅުވާލުމުން 206 ކުއްޖަކު ފޯމު ހުށައެޅިކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ކުރިން ބުނެފައެވެ. މި ފަހަރުގެ ޕްރޮގްރާމްގެ ތަމްރީނުތައް ކުރިޔަށް ގެންގޮސްފައިވަނީ މާލެއާއި އެންމެ ދެކުނުން އައްޑޫ ސިޓީގައެވެ. 

މި ޕްރޮގްރާމްގެ ދެވަނަ ބުރު ފުރިހަމަކޮށް ހަތީބުކަމުގެ ސަނަދު ހާސިލްކުރި 209 ޒުވާނުންނަށް މިއަދު ވަނީ  ސަނަދު ހަވާލުކޮށްފައެވެ. 

އިސްލާމިކް މިނިސްޓްރީން ބުނީ ޒުވާން ހަތީބު ތަމްރީނުކުރުމުގެ ޕްރޮގްރާމް މިހާތަނަށް 300 އަށްވުރެ ގިނަ ޒުވާނުން ފުރިހަމަކޮށްފައިވާކަމަށެވެ. އަދި އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި 1000 ޒުވާން ހަތީބުން ތަމްރީނުކޮށް ނެރުންކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މި ޕްރޮގްރާމްގެ ސަބަބުން ހަތީބުން މަދު ރަށްރަށުގެ ކައުންސިލްތަކަށް ވެސް ބޮޑު ލުއި ފަސޭހައެއް ލިބިފައިވާކަމަށްވެސް މިނިސްޓްރީން ބުނެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް