ads
ޔާމްބެ
މިސްޓަރ މޯލްޑިވްސް ޔާމްބެގެ ދެ ކިޑްނީ ފެއިލްވެއްޖެ
މިސްޓަރ މޯލްޑިވްސް މުހައްމަދު ޔާމީން (ޔާމްބެ)ގެ ދެ ކިޑްނީ ފެއިލްވެ، އާއްމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.
Advertisement

ޔާމްބެއަކީ، ރާއްޖޭގެ އެންމެ ކާމިޔާބު އެއް ބޮޑީ ބިލްޑަރެވެ. މިދިޔަ އަހަރުގެ މިސްޓަރ މޯލްޑިވްސް މުބާރާތް ކާމިޔާބުކޮށް، މި ވަގުތުވެސް އެ މަގާމުގައި ހުރި ޔާންބެގެ ކިޑްނީ ފެއިލްވެ، އަދި ކިޑްނީ ބަލީގެ އެންމެ ފަހު ސްޓޭޖުގައި ހުރިކަން އެނގުނީވެސް މީގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ.

 އޭނާގެ ފަރުވާ އަށް، ގިނަ އަދަދެއްގެ ފައިސާ ބޭނުންވާނެތީވެ އުފަން ރަށް ށ. ފުނަދޫގެ ބަޔަކު އިސްވެ މިހާރުވަނީ ފަންޑްރައިޒިން އެއް ފަށައިފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޔާންބެއަށް މި ބަލީގެ އެއްވެސް އަލާމާތެއް ކުރިން ފާހަގަކުރެވިފައި ނުވެއެވެ. މައްސަލައެއް އުޅޭކަން އެނގުނީ ކުޑަކޮށް އުނދަގޫތަކެއް ވާތީ ހެދި ލޭގެ ޓެސްޓަކުން ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. ބަލީގެ ސަބަބުން މިހާރު ޔާމްބެ ހުރީ ބޮޑީބިލްޑިންނާ އެއްކޮށް ދުރުގައެވެ.

ޔާންބެ އެންމެ ފުރަތަމަ މިސްޓަ މޯލްޑިވްސްގެ މަގާމު ހޯދީ 2017 ގަ އެވެ. އޭގެ ފަހުން 2021، 2022، އަދި 2023 ގައި ހޯދައި ޖުމްލަ ހަތަރު ފަހަރު ކާމިޔާބުކުރި އެވެ. އޭނާ ވަނީ ބައިނަލްއަގްވާމީ ބޮޑެތި މުބާރާތްތަކުގައިވެސް ރާއްޖެއަށް ރީތި ނަމާ ރަން މެޑަލް ހޯދައިދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް