ދާދި އިހައްދުވަހު ނިމުނު ސާފް 20 އަހަރުން ދަށުގެ މުބާރާތުގައިވެސް ރާއްޖެ ހިމެނިފައި އޮތީ އިންޑިޔާއާއެކު އެއް ގްރޫޕެއްގައެވެ. މި ފަހަރުގެ މުބާރާތުގައި ރާއްޖެއާއެކު އެއް ގްރޫޕެއްގައި ދެން ހިމެނެނީ ބަންގްލަދޭޝްއެވެ. ބަންގްލަދޭޝްއަކީ އިހައްދުވަހު ނިމުނު 20 އަހަރުން ދަށުގއެ ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަނުންނެވެ.
ސާފު 17 އަހަރުން ދަށުގެ މުބާރާތް އޮންނާނީ ބޫޓާނުގައެވެ. ބޫޓާނުގައި މި މަހު 20-30 އަށް ބާއްވާ މި މުބާރާތުގެ ގްރޫޕް ބީ ގައި ހިމެނެނީ ބޫޓާނުގެ އިތުރުން، ނޭޕާލާއި، ޕާކިސްތާން، އަދި ސްރީ ލަންކާ އެވެ.
ރާއްޖޭގެ ފުރަތަމަ މެޗުގައި 22 ގައި ބައްދަލުކުރާނީ ބަންގްލަދޭޝްއާ އެވެ. އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ 24 ގަ އެވެ. ސެމީ ފައިނަލަށް ހޮވޭނީ ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;