ads
އެލައިޑް ލައިފް ޕްރޮމޯޝަން ގެ ނަމުގައި 50 އިންސައްތައިގެ ޑިސްކައުންޓާއެކު އެލައިޑްއިން ޕްރޮމޯޝަނެއް ތައާރަފް ކުރުން
50 އިންސައްތަ ޑިސްކައުންޓާއިއެކު "އެލައިޑް ލައިފް ޕްރޮމޯޝަން" ލޯންޗުކޮށްފި
"އެލައިޑް ލައިފް ޕްރޮމޯޝަން"ގެ ނަމުގައި މުޅިން އާ ޕްރޮމޯޝަނެއް ލޯންޗުކޮށްފި އެވެ.
Advertisement

އެލައިޑް މައި އޮފީހުގައި މިއަދު ބޭއްވި ކޮންފަރެންސްގައި މި ޕްރޮމޯޝަނާއި ބެހޭގޮތުން މައުލޫމާތު ދެއްވީ ކުންފުނީގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ފިރުޝާން އާއި މާކެޓިންގ މެނޭޖަރ އައިޝަތު ސުދާ އެވެ.

ފިރުޝާން ވިދާޅުވީ، ލައިފް ޕްރޮމޯޝަން މި އަހަރުގެ ނިޔަލަށް ކުރިޔަށް ދާނެ ކަމަށެވެ. ފިރުޝާން ވިދާޅުވީ ޕްރޮމޯޝަން ކުރިޔަށްދާ މުއްދަތުގައި އެންމެ ފުރަތަމަ ނަގާ 50 ލައިފް އިންޝުއަރަންސް ޕްލޭން ގުނާނީ އިންޑިވިޖުއަލް ޓާމްގެ އިންޝުއަރަންސް ޕްލޭން ނުހިމަނާ ކަމަށެވެ.

މި ޕޮރޮމޯޝަނުގެ ދަށުން އެލައިޑް ލައިފް އިންޝުއަރެންސްގެ ޕްލޭނެއް ބައްލަވައިގަންނަވާ ފުރަތަމަ 50 ކަސްޓަމަރުންގެ ފުރަތަމަ މަހުގެ ޕްރިމިއަމްއިން 50 ޕަސެންޓް ޑިސްކައުންޓް ލިބޭނެ އެވެ.

ލައިފް އިންޝުއަރަންސް ޕްލޭންސް މެދުވެރިކޮށް މާލީ ރައްކާތެރިކަން ހޯދާ ސްމާޓް ސޭވިންގ ޗޮއިސަސްއަށް ހޭލުންތެރިކަން އުފައްދާ، މުޖުތަމައުގެ ވަކިވަކި ފަރުދުން ބާރުވެރިކުރުވުމުގެ މަގުސަދުގައި ފަށާފައިވާ އެ ޕްރޮމޯޝަންގެ ތެރެއިން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެލައިޑުން ވަނީ ނިންމާފަ އެވެ. އެގޮތުން، ކޮންމެ އަހަރަކުވވެސް ގިނަ ބައެއްގެ ތަރުހީބާއެކު ކުރިއަށްގެންދާ ފޯރިގަދަ އާއިލީ ހަވީރު؛ "އެލައިޑް ފެސްޓް" މިއަހަރު ވެސް ކުރިއަށްދާނެ ކަމުގައި އެލައިޑުން މައުލޫމާތު ދެއެވެ.

13 ސެޕްޓެމްބަރުގައި ހުޅުމާލެ، ސެންޓްރަލް ޕާކްގައި ބާއްވާ އެ ހަވީރުގެ އިތުރުން، އެކި ވުޒާރާތަކާއި އޮފީސްތަކަށް ހާއްސަކޮށްގެން މައުލޫމާތު ސެޝަންތައް ކުރިއަށް ގެންދިއުމަށް ވެސް އެލައިޑުން ވަނީ ރާވާފައެވެ.

މިޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް އެލައިޑުގެ ހިލޭ ގުޅޭ ހޮޓްލައިން 1600 އަށް ގުޅުމަށް އެލައިޑުން އިރުޝާދު ދެއެެވެ. ނުވަތަ އެލައިޑްގެ ވެބްސައިޓްގައިވާ ލައިވް ޗެޓް ހިދުމަތްވެސް ހޯދޭނެ ކަމަށް އެލައިޑުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް