ads
ކާރު ދުއްވި އިކްރާމް ހައްޔަރުކުރުމުގެ މަސައްކަތް ދަނީ ކުރަމުން: އިހްސާން
ހުޅުމާލޭގައި ކާރެއް ކޮންޓްރޯލުން ނައްޓައިގެން މަގުމަތީގައި އިން މީހެއްގެ ގައިގައި ޖެހުނު މައްސަލާގައި އެ ކާރު ޑްރައިވަރު އަލުން ހައްޔަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
Advertisement

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިނގި އެކްސިޑެންޓްގައި ކާރު ދުއްވަން އިން އިބްރާހިމް އިކްރާމް ޝަރީއަތް ނިމެންދެން ބަންދުގެ މުއްދަތު ޖަހާފައިވަނިކޮށް ހައިކޯޓުން މިއަދު ވަނީ އެނާ މިނިވަންކޮށްފައެވެ. 

ހައިކޯޓުން އޭނށާ މިނިވަންކުރީ  އޭނާ ބަންދު ކުރުމުގައި އަމަލު ކުރަން ޖެހޭ އިޖުރާތުއަތަށް ފުރިހަމަކޮށްފައި ނުވާތީކަމަށް ކަނޑައެޅުމަށްފަހުއެވެ.  

ހޯމް މިނިސްޓަރު އަލީ އިހްސާން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ކޯޓުން ދުކޮށްލި އިބްރާހިމް އިކްރާމް ކޯޓް އަމުރެއް ހޯދާ ހައްޔަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. މިނިސްޓަރު ވިދާޅުވީ އިކްރާމް މިނިވަން ވީ ގޮތެއް ބަލާ އިހްމާލުވި މީހަކަށް ފިޔަވަޅު އަޅާނެކަމަށެވެ. 

" މިކަން ހިނގި ގޮތް ބަލާ ތަހުގީގުކޮށް އިހްމާލެއް ވެފައިވާނަމަ އެމީހަކަށް ނުވަތަ އެބަޔަކަށް އެންމެ ހަރުކަށި ފިޔަވަޅު އެޅޭނެ." އިހްސާން އެކްސްގައި ލިޔުއްވާފައިވެއެވެ.

your imageމ. ލޭންޑްއޮފްގާރޑްން އިބްރާހިމް އިކްރާމް ހައިކޯޓުގައި 

މިދޔަ މަހުގެ ފަސްވަނަދުވަހު ހިނގި މި އެކްސިޑެންޓްގައި އެކްސިޑެންޓުވުމުން ކާރު ދުއްވަން އިން މީހާއާއި އެ ކާރުގައި ބާކީތިބި ދެމީހުންވެސް ފިލީއެވެ. އެކަމަކު ކާރުގެ ޑްރައިވަރު ހޯދާ ފުލުހުން އޭނާ ފަހުން ހައްޔަރު ކުރި އެވެ. އޭނާއާއި އެކު ކާރުގައި ދެން ތިބި ދެމީހުންވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

އެ އެކްސިޑެންޓާ ގުޅިގެން ހައްޔަރު ކުރީ ހ. ނޫރަންމާގެއާގެ އިކްރާމްއަބްދުއްރަހުމާން، މ. ލޭންޑްއޮފްގާރޑްން އިބްރާހިމް އިކްރާމް އަދި ކަނޑުހުޅުދޫ، އާޒާދުގެ ޖިނާހް އިސްމާއިލްއެވެ. މީގެ ތެރެއިން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބީ އިކްރާމުއްރަހްމާން އަދި އިބްރާހީމް އިކްރާމް އެވެ. 

މި އެކްސިޑެންޓް ހިނގީ ހުޅުމާލެ ދެވަނަ ފިޔަވަހި ވިނަރެސް ފްލެޓް ކައިރީގަ އެވެ. މި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވި ސްޕޯޓްސް ކާރެއް ކޮންޓްރޯލް ނުވެ ގޮސް އެ ވަގުތު އެ މަގުގެ އެއް ފަރާތުގައި ސައިކަލެއްގައި އިން މީހެއްގެ ގައިގައި ޖެހިގެންނެވެ. އެ ކާރުން ޖެހުމުން، ސައިކަލުގައި އިން މީހާ ވިއްސައިގެންދާ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެ އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް