ads
މ. ލޭންޑްއޮފްގާރޑްން އިބްރާހިމް އިކްރާމް ހައިކޯޓުގައި
ކޯޓުން އަމުރު ހޯދާ އަނެއްކާވެސް އިކްރާމް ހައްޔަރުކޮށްފި
ހުޅުމާލޭ ނުރައްކާތެރި އެކްސިޑެންޓްގައި ކާރު ދުއްވަން އިން އިބްރާހިމް އިކްރާމް އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.
Advertisement

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިދިޔަ ޖުލައި މަހުގެ އެންމެ ފަހު ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ކާރު ދުއްވަން އިން އިބްރާހިމް އިކްރާމް ޝަރީއަތް ނިމެންދެން ބަންދުގެ މުއްދަތު ޖަހާފައިވަނިކޮށް ހައިކޯޓުން އިއްޔެ ވަނީ އޭނާ މިނިވަންކޮށްފައެވެ. ހައިކޯޓުން އޭނާ މިނިވަންކުރީ ބަންދުގެ މަރުހަލާގައި ގާނޫނީ ވަކީލެއްގެ އެހިހީ ހޯދުމުގެ ފުރުސަތު ދީފައިނުވާތީ ބަންދު ކުރުމުގައި އަމަލު ކުރަން ޖެހޭ އިޖުރާތުއަތަށް ފުރިހަމަކޮށްފައި ނުވާކަމަށް ކަނޑައެޅުމަށްފަހުއެވެ.  

ރޭ ދަންވަރު އިކްރާމް ހައްޔަރުކުރިކަން ހޯމް މިނިސްޓަރު އިހްސާން އަލީ ވަނީ ވިދާޅުވެފައެވެ. އޭނާ ހައްޔަރުކޮށްފައި މިވަނީ އޭނާ ދޫވުމުގައި އިހްމާލްވި މީހުންނަށް ފިޔަވަޅު އަަޅާނެކަމުގެ އިންޒާރު ދެއްވާ އަލުން އިކްރާމް ހައްޔަރުކުރާނެކަމަށް މިނިސްޓަރު އިހްސާން ވިދާޅުވިތާ ހަތަރުވަރަކަށް ގަޑިއިރު ފަހުންނެވެ. 

މިނިސްޓަރު އިހްސާން ރޭ ވިދާޅުވީ އިކްރާމް މިނިވަން ވީ ގޮތެއް ބަލާ ތަހުގީގުކޮށް އިހްމާލެއް ވެފައިވާނަމަ އެމީހަކަށް ނުވަތަ އެބަޔަކަށް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަށެވެ. 

ހުޅުމާލެ ދެވަނަ ފިޔަވަހި ވިނަރެސް ފްލެޓް ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ބާރު ސްޕީޑުގައި ދުއްވާފައި އައު ކާރު ގޮސް ޖެހިފައިވަނީ މަގުމަތީ އެއްފަރާތެއްގައި ސައިކަލެއްގައި މަޑުކޮށްލައިގެން އިން މީހެއްގެ ގައިގައެވެ. 

މި އެކްސިޑެންޓް ހިނގުމުން ކާރު ދުއްވަން އިން އިކްރާމާއި އޭނާއާއި އެކު ކާރުގައި ދެން ތިބި މީހުން ފުލުހުން އަތުލައިގަތީ އެކްސިޑެންޓަށްފަހު ފިލައިގެން ގޮސް އުޅެނިކޮށެވެ. 

އެ އެކްސިޑެންޓާ ގުޅިގެން ހައްޔަރު ކުރީ ހ. ނޫރަންމާގެއާގެ އިކްރާމްއަބްދުއްރަހުމާން، މ. ލޭންޑްއޮފްގާރޑްން އިބްރާހިމް އިކްރާމް އަދި ކަނޑުހުޅުދޫ، އާޒާދުގެ ޖިނާހް އިސްމާއިލްއެވެ. މީގެ ތެރެއިން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބީ އިކްރާމުއްރަހްމާން އަދި އިބްރާހީމް އިކްރާމް އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް