ވޯލްޑް ބޭންކުގެ އާ ކަންޓްރީ މެނޭޖާ، މިނިސްޓާ ގެވޯސް ސާގްސްޔަން މިނިސްޓަރު ތޯރިގްއާ ބައްދަލުކުރެއްވީ، އޭނާ މިނިސްޓަރުގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރާތުގެ ތެރެއިން ކަމަށް އެންވަޔަރަމްންޓް މިނިސްޓްރީން ބުނެ އެވެ.
މި ޒިޔާރާތުގައި ދެ ބޭފުޅުން ވަނީ ރާއްޖޭގައި މިހާރު ހިނގަމުންދާ އަދި ކުރިއަށް ރޭވިފައިވާ ވޯލްޑްބޭންކުގެ މަޝްރޫއުތަކާއި ޕްރޮގްރާމްތަކާ ބެހޭގޮތުން މަޝްވަރާކޮށްފަ އެވެ. އަދި މި މަޝްރޫއުތައް އަވަސް ކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުންވެސް ދެފަރާތުން މަޝްވަރާކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ވޯލްޑްބޭންކާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަގުފަހިވާނެކަން ބެެލެވޭކަމަށް އެންވަޔަރަމްންޓް މިނިސްޓްރީން ފާހަގަކުރެއެވެ.
މި ބައްދަލުކުރެއްވުން ބޭއްވުނީ އެންވަޔަރަމްންޓް މިނިސްޓްރީގައި އިއްޔެގެ ވަގުތެއްގަ އެވެ.