ads
ޖެނިފާ ލޯޕެޒް އަދި ބެން އެފްލެކް
ޖެނިފާ ލޯޕެޒް، ބެން އެފްލެކްއާ ވަރިވާން ހުށަހެޅި ސިއްރު ސަބަބު ހާމަކޮށްފި
ޖެނިފާ ލޯޕެޒް ބެން އެފްލެކްއާ ވަރިވާން ހުށަހެޅި ސިއްރު ހިއްސާކޮށްފިއެވެ.
Advertisement

ޖެނިފާ ލޯޕެޒް ވަނީ ލޮސް އެންޖެލެސް ސުޕީރިއަރާ ކޯޓުގައި އަމިއްލައަށް ވަރިވުމަށް ހުށަހަޅާފައެވެ.

ޖެނިފާލޯޕެޒް އިންސްޓަގްރާމްގައި ހިސްސާކުރި ޕޯސްޓުގައި، ލިޔެފައިވަނީ: ވަރިވުމަށް ހުށަހެޅި ސަބަބަކީ "އެކުގައި ނުތިބެވޭވަރުގެ ތަފާތުތަކެއް" ހުރުމެވެ. ލޯޕެޒް އިންސްޓަގްރާމްގައި ހިއްސާކުރި އެހެން މެސެޖުތަކުގެ ތެރޭގައި "ހުރިހާ ކަމެއްވެސް ވަމުންދަނީ އިލާހީ ގޮތަކަށް" ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން މި ޕޯސްޓުގައި އޭނާގެ ކުދިންނާއި އާއިލާއާއެކު ނެގި ފޮޓޯތަކެއްވެސް ހިއްސާކޮށްފައިވެއެވެ. ލޯޕެޒްއާއި އެފްލެކް ކައިވެނިކޮށްގެން އުޅުނީ 2 އަހަރު ދުވަހުއެވެ. މިދެމީހުން ކުރިންވެސް ވަނީ 2002 ގައި އެންގޭޖްވެ، ފަހުން ވަކިވެފައެވެ. 2021 ގައި އަލުން ގުޅުން ފެށުމަށްފަހު 2022 ގައި ކައިވެނިކޮށްފައިވެއެވެ. 

ޖެނިފާ ލޯޕެޒް މިވަގުތު ހޭންޑްވިލްގައި ދިރިއުޅެމުން އަންނައިރު، ބެން އެފްލެކް ލޮސް އެންޖެލެސް އިން ވަނީ ފެނިފައެވެ. ލޯޕެޒް އޭނާގެ 55 ވަނަ އުފަންދު ވަސް ފާހަގަކުރީ "ބްރިޖަރޓަން" ތީމްގެ ޕާޓީއަކުންނެވެ.

އެދުވަހު އެފްލެކް ފެނުނީ ކައިވެނީގެ ރިންގު ނާޅައި ހުރި ތަނެވެ. މި ދެމީހުންގެ ދެ ވަނަ ކައިވެނީގެ އަހަރީ ދުވަހާ ދިމާކޮށް ލޯޕެޒް ވަރިވުމަށް ހުށަހެޅި ކަމަށް ބެލެވެއެވެ. ލޯޕެޒްގެ ކުރީގެ ފިރިމީހާ މާކް އެންތޯނީއަށް ލިބުނު ދެ ދަރިންނާއި، އެފްލެކްގެ ކުރީގެ އަނބިމީހާ ޖެނިފަ ގާނާއަށް ލިބުނު ތިން ދަރިން އެމީހުންނާއެކު ދިރިއުޅުނެވެ. އެފްލެކްގެ ބޮޑު ދަރިފުޅު ވަޔަލެޓް ވަނީ ޔޭލް ޔުނިވަރސިޓީގައި ކިޔެވުން ފަށާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް