ads
ރޮނާލްޑޯ އޭނާގެ އާއިލާއާއެކު
ރޮނާލްޑޯގެ އާއިލާއަށްވެސް ސައުދީ ކަމުދިޔަ
ދާދިފަހުން ދިން އިންޓަވިއުއެއްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފައިވަނީ އޭނާއާއި އޭނާގެ އާއިލާއަށް ސައުދީ އަރަބިއްޔާއަށް އަހުލުވެރިވުމަކީ ފަސޭހަ ކަމެއް ކަމަށެވެ.
Advertisement

މި ފުޓްބޯޅަ ތަރި ވަނީ އެ ޤައުމުގައި އޭނާގެ ދިރިއުޅުމާއި، ރެޑް ސީ އާއި ޤަދީމީ އަރަބި އޯސިސް އަލްއުލާ ފަދަ އެތައް މަންޒިލްތަކެއްގެ މަޝްހޫރުކަމާ މެދު ވާހަކަ ދައްކަވާފައެވެ. 

ސައުދީ ފުޓްބޯޅަ ކްލަބް އަލްނަސްރުގައި ކުޅޭ ރޮނާލްޑޯ، ކުރީގެ ޕޯޗުގީޒް ފުޓްބޯޅަ ކުޅުންތެރިއެއް ކަމުގައިވާ ރިއޯ ފަރްޑިނަންޑްއާ ކުރެއްވި އިންޓަވިއުއެއްގައި ބުނެފައި ވަނީ، "ތެދުތެދަށް ބުނަންޏާ، އަހަރެން [ސައުދީ އަރަބިއްޔާގައި] ހުރުމާމެދު ވަރަށް އުފާވޭ،"

އޭނާ އިތުރަށް ބުނެފައި ވަނީ: "އެއީ ވަރަށް ރީތި ޤައުމެއް. އަހަރެން އެތާ ހުންނަން ވަރަށް ލޯބިވޭ. އަހަރެންގެ އާއިލާވެސް އެތާ ތިބެން ވަރަށް ލޯބިވޭ. އަހަރެންނަށް އެތަނަށް އަހުލުވެރިވުމަކީ މާ އުނދަގޫ ކަމަކަށް ނުވި." މި ޕޯޗުގީޒް ފުޓްބޯޅަ ތަރި ސައުދީ އަރަބިއްޔާގެ ރެޑް ސީއަށް ވިދާޅުވެފައިވަނީ އޭނާގެ "ދެވަނަ ގެ" ކަމަށެވެ. އަދި އޭނާގެ އާއިލާއާއެކު އެތަނުގައި ވަގުތު ހޭދަކުރަން ވަރަށް ލޯބިވާ ކަމަށެވެ.

"ރެޑް ސީއަކީ އަހަރެންގެ ދެވަނަ ގެ ނުވަތަ [އަދި] ފުރަތަމަ ގެ ވެސް މެ. އެއީ ހަމަ ގަހަނާއެއްހެން ހައިރާންވާ ވަރުގެ ތަނެއް،" އޭނާ ބުނެފައިވެއެވެ. އަދި އެއީ އޭނާ ދުށް "އެންމެ ރީތި ތަންތަނުގެ ތެރެއިން އެއް ތަން" ކަމަށް ވެސް ބުންޏެވެ.

އަލްއުލާއާ ބެހޭގޮތުން ވެސް  ރޮނާލްޑޯ އަދި ވާހަކަ ދެއްކިއެވެ. އެއީ ސައުދީ އަރަބިއްޔާގެ ހުޅަނގު އުތުރުގައި ހުންނަ، ޚައިބަރު އަދި ތައިމާ އޯސިސްއާ ކައިރީގައި އޮންނަ، އަދި ދުވަހެއް ދުވަހަކަށް މަޝްހޫރުވަމުންދާ ފަތުރުވެރިކަމުގެ މަންޒިލެކެވެ.

"އެއީ ވަރަށް ރީތި ތަނެއް. އެއީ ރޫޙާނީ ތަނަކަށްވާތީ އަދި އެތަނުގެ ހަކަތަ އިހުސާސްކުރެވޭތީ،" އޭނާ ބުންޏެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް