ads
ކުޑަކުދިންގެ ހައްޤުތަކާއި ރައްކާތެރިކަމާއި ގުޅޭ ޤައުމީ ޕްލޭން އިފްތިތާހުކުރުމުގެ ރަސްމިއްޔާތު-- ފޮޓޯ: ރައީސް އޮފީސް
ކުޑަކުދިން ރައްކާތެރިކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް: ފަސްޓް ލޭޑީ
ކުޑަކުދިން އަނިޔާއިން ސަލާމަތްކޮށް އެކުދިންނަށް ހިމާޔަތް ހޯދައިދީ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
Advertisement

ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމާ ގުޅޭ ގައުމީ އެކްޝަން ޕްލޭން އިފްތިތާހުކުރުމުގެ ޖަލްސާގައި އެ ކަމަނާ ވިދާޅުވީ، ކުދިންނަށް ރައްކާތެރި މާހައުލެއް ކަށަވަރު ކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށާއި ގައުމީ ފްލޭން އިފްތިތާހު ކުރީ އެ ބޭނުމުގައި ކަމަށެވެ.

ކޮންމެ ކުޑަކުއްޖަކީ އަނިޔާ އިން ސަލާމަތް ވެފައިވާ ކުއްޖަކަށް ހެދުމާ އެކު ރައްކާތެރި، އަމާން ވެއްޓެއްގައި ހެދިބޮޑުވާ ކުއްޖަކަށް ހެދުމަށް އެކްޝަން ޕްލޭނުގައި ހިމެނޭ ކަމަށް ސާޖިދާ ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމުކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ. އަދި ޒިންމާގެ ދަށުން ކުޑަކުދިންގެ ހައްޤުތަކާއި ރައްކާތެރިކަމާއި ގުޅޭ ގައުމީ ޕްލޭން އިފްތިތާހުވެގެން ދިއުމާ އެކީ ކަމާގުޅޭ މުއައްސަސާތައް އެ މަގަށް މަސައްކަތްތައް ބައްޓަން ކުރަން ފަސޭހަވާނެ ކަމަށް ސާޖިދާ ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ މިއަދު އިފުތިތާހު ކުރި ޕްލޭނަކީ ހަމައެކަނި ޕޮލިސީއެއް ނޫން ކަމަށެވެ. އަދި އެއީ ކުޑަކުދިންނަށް ކުރާ އަނިޔާހުއްޓުވައި، ހިމާޔަތްކޮށް، އެކަމަށް އިޖާބަ ދޭނެ ގޮތްތައް ބަޔާންކުރާ، ވަރަށް ފުރިހަމަ ސާފު މަގުޗާޓެއް ކަމަށް ވިދާޅުވި އެވެ.

"ކުދިންނަށް ކުރާ އަނިޔާ އަށް އަވަސް ފިޔަވަޅުތަކެއް އެޅެން ޖެހޭ. ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމާ ގުޅޭ ގައުމީ އެކްޝަން ޕްލޭނާ އެކު އަޅުގަނޑުމެން މިއަދު މި އަޅަނީ މިކަން ހުއްޓުވަން ފިޔަވަޅެއް. މި ޕްލޭންގައި ޕޮލިސީއަކަށް ވުރެ ބޮޑަށް، މަގު ޗާޓެއް އެކުލެވޭ އަދި މިފަދަ ކަންކަމަށް އެޓެންޑު ވާނެ ގޮތާއި އެ ކުދިންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދޭނެ ގޮތް ހިމެނިފައިވޭ،" ފަސްޓް ލޭޑީ ވިދާޅުވި އެވެ.

ކުޑަކުދިންގެ ހައްގުތަކާއި ރައްކާތެރިކަމާއި ގުޅޭ ގައުމީ އެކްޝަން ޕްލޭން މިއަދު އިފްތިތާހުކޮށްފައިވާއިރު ރާއްޖޭގައި ކުޑަކުދިންނަށް ކުރާ ތަފާތު އަނިޔާތަކުގެ މައްސަލަތައްވެސް އެހާމެ ގިނަކަން ފާހަގަކުރެވެ އެވެ. ކޮންމެ މަހަކުވެސް ކުޑަކުދިންނަށް އަނިޔާކުރުމާއި ގުޅޭ ތަފާތު އެކި މައްސަލަތައް އެ ވުޒާރާއަށް ހުށަހަޅަމުން އަންނަކަން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވޮލޮޕްމަންޓުން ވަނީ ހާމަކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް