ގްރޫޕް އޭގައި ތައުލީމީ ގުޅުމުން މޮޅުވީ 5-2 އިން ފެހިފަހި ކްލަބް އަތުންނެވެ. މި ގްރޫޕްގެ އަނެއް މެޗުން ޓްރާންސްޕޯޓް ރެކްރިއޭޝަން ކްލަބާއި ޓީމު ޕެމާ ވަނީ 1-1 އިން އެއްވަރުވެފަ އެވެ.
ގްރޫޕް ބީގައި، އެގްރި އާރްސީ އަތުން 2-0 އިން ކްލަބް އެސްޑީއެފްސީ މޮޅުވިއިރު، އެ ގްރޫޕްގެ އަނެއް މެޗުގައި، ޓީމު ބަދަހި އިން ވަނީ 7-2 އިން ހާރިޖީ ބަލިކޮށްފަ އެވެ.
މި ފަހަރުގެ ކްލަބް މޯލްޑިވްސް މުބާރާތްތަކުގެ ތެރެއިން އެންމެ ގިނަ ޓީމު ވާދަކުރާ މުބާރާތަކީ ކްލަސިކް އެވެ. އެ މުބާރާތުގައި 32 ޓީމު ވަނީ ބައިވެރިވެފަ އެވެ. ކްލަބް މޯލްޑިވްސް ކްލަސިކްގެ ހަ މެޗެއް މިރޭ ވެސް ކުޅޭނެ އެވެ.