ads
ރޮނާލްޑޯ އަދި މެސީ
މެސީވެސް ރޮނާލްޑޯވެސް ބެލޮންޑިއޯ ލިސްޓުން ކަޓައިފި
އާޖެންޓީނާގެ ލިއޮނަލް މެސީ އާއި ޕޯޗުގަލްގެ ކްރިސްޓިއާނޯ އަށް 2003 ގެ ފަހުން ފުރަތަމަ ފަހަރަށް ބެލޮންޑިއޯ ނޮމިނޭޝަނުން ލިސްޓުން ކަޓައިފިއެވެ.
Advertisement

ބެލޮންޑިއޯ އެވޯޑް އަށް ފަހަރު ހޯދާފައިވާ މެސީ އާއި ފަސް ފަހަރު ހޯދާފައިވާ ރޮނާލްޑޯ، މި އަހަރުގެ އެވޯޑަށް ވާދަކުރާ 30 ކުޅުންތެރިންގެ ނޮމިނޭޝަންސް ލިސްޓުގައި ނުހިމެނެއެވެ. 

އޮކްޓޫބަރު 28 ގައި ދޭ މި އެވޯޑަށް އެންމެ ގިނައިން މި ފަހަރު ނޮމިނޭޓްވީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ރެއާލް މެޑްރިޑުގެ ކުޅުންތެރިންނެވެ. ރިއާލްއިން މި ލިސްޓަށް އެރި ކުޅުންތެރިންގެ ތެރޭގައި ޖުޑް ބެލިންހަމް އާއި ވިނީޝުއަސް ޖޫނިއާ އަދި ފެޑެރިކޯ ވަލްވާޑޭ އާއި އެންޓޯނިއޯ ރުޑިގާ އާއި ޓޯނީ ކްރޫސް އަދި ޑެނީ ކަރްވަހާލް ހިމެނެއެވެ.

ބާސެލޯނާ އިން ލިސްޓުގައި ހިމެނޭ ހަމައެކަނި ކުޅުންތެރިޔަކީ މި އަހަރުގެ ޔޫރޯ ސްޕެއިނަށް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި އުމުރުން 17 އަހަރުގެ ލަމީން ޔަމާލް އެވެ. އޭނާގެ ޕާޓްނަރު އެތުލެޓިކް ބިލްބާއޯގެ ނިކޯ ވިލިއަމްސް ވެސް ލިސްޓުގައި ހިމެނެ އެވެ.

ދެން މި ލިސްޓުގައި ހިމެނޭ ކުޅުންތެރިންގެ ތެރޭގައި މެޗަކުން ބަލިނުވެ ޖަރުމަން ލީގު ކާމިޔާބުކުރި ބެޔާ ލެވަކޫސަންގެ އެލެކްސް ގްރިމާލްޑޯ އާއި ފްލޮރިއަން ވިޓްޒް އަދި ގްރަނިޓް ސަކާ ހިމެނެއެވެ. މީގެ އިތުރުން ޗެލްސީގައި މޮޅަށް ކުޅުނު އިނގިރޭސި ފޯވާޑް ކޯލް ޕާމާ، އެސްޓަން ވިލާގެ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް، މެންޗެސްޓާ ސިޓީން އާލިން ހާލަންޑާއި، ފިލް ފޮޑެން އާއި ރޮޑްރީ އާއި ރުބެން ޑިއާސް އާސެނަލްގެ މާޓިން އޮޑެގާޑް އާއި ޑެކްލަން ރައިސް އާއި ބުކާޔޯ ސަކާ އާއި ވިލިއަމް ސަލީބާ ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް