ނާއިބު ރައީސް، ރައީސް އޮފީސް ޓީމަށް ކުޅުއްވިއިރު، އެ ޓީމު އެއްވަރުވީ ދަރުމަވަންތަ ހޮސްޕިޓަލާ ވާދަކޮށެވެ.
ދަރުމަވަންތަ ހޮސްޕިޓަލާ ރައީސް އޮފީހުގެ މެޗު ނިމުނީ ފަހެއް ފަހަކުން ދެ ޓީމު އެއްވަރު ވެގެންނެވެ. މި މެޗުގައި ނާއިބު ރައީސް ކުޅުއްވި ނަމަވެސް ލަނޑެއް ޖެއްސެވޭ ވަރެއް ނުވިއެވެ. ރައީސް އޮފީސް ޓީމުގެ ގޯލުތައް ޖެހީ، ހުސެއިން ނަޖީބް، އައިމަން ތައުފީގު އަދި އިބްރާހިމް ޝިފާގު އެވެ.
މި ފަހަރު ރައީސް އޮފީހަށް ކުޅުއްވާ ހުސެއިން މުހައްމަދު ލަތީފު މިދިޔަ އަހަރު ކުޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ޓީމަށެވެ. އޭރު ހުސެއިން މުހައްމަދު ލަތީފަކީ މަޖިލިސް މެންބަރެކެވެ.