ads
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް
ރައީސްގެ ވާހަކައިން އިބުރަތް ހާސިލުކުރަން ނައިބު ރައީސް ގޮވާލައްވައިފި
ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާ މުހާތަބުކުރައްވައި ރައީސް ޑރ. މުހަައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުން އިބުރަތް ހާސިލްކޮށް އެގޮތުގައި ކުރިއަށްދިއުމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ގޮވާލައްވައިފިއެވެ.
Advertisement

އެމަނިކުފާނު މިހެން ގޮވާލެއްވީ އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރުމަށް ށ. މާއުނގޫދޫގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ށ. މާއުނގޫދޫ ސުކޫލް ހޯލުގައި ކުރިއަށްދިޔަ މި ޖަލްސާގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ދިވެހި ދަރިންނަށް ދިވެއްސަކަށް ވީތީ ފަހްރުވެރިވާން ދަސްކޮށްދޭން ޖެހޭކަމަށެވެ. އަދި ދިވެހިބަހުން ރީތިކޮށް ވާހަކަދައްކައި ލިޔެކިޔުމަކީ ކިހާ އުފާވެރި ފަހްރުވެރިކަމެއްކަން ވިސްނައިދިނުމަށް ބާރުއެޅުއްވުމަށްވެސް ވިދާޅުވިއެވެ. 

ނައިބު ރައީސް ވިދާޅުވީ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާ މުހާތަބުކުރައްވައި ރައީސް ޑރ. މުއިއްޒު ދެއްކެވި ވާހަކައިން އިބުރަތް ހާސިލްކޮށް އެގޮތުގައި ކުރިއަށްދާންޖެހޭކަމަށެވެ. އަދި މި ސަރުކާރުން ގެންގުޅޭ ދިވެހީންނަށް އެންމެ އިސްކަން ދިނުމުގެ ސިޔާސަތު، ނުވަތަ "ޕްރޯ މޯލްޑިވްސް" ސިޔާސަތު ދެމެހެއްޓުމަށްވެސް ގޮވާލައްވައިފިއެވެ. ރައީސް ޑރ. މުއިއްޒުގެ ޤައުމީ އެޖެންޑާގެ އަމާޒަކީ، ޑްރަގްގެ ވަބާއިން ޤައުމު ސަލާމަތްކުންކަމަށާއި ގޭންގް ކުށްތަކާ ޤާނޫނު މުގުރުމަށް އެއްވެސް ފުރުސަތެއް ނުދެއްވުންކަމަށްވެސް ނައިބު ރައީސް  ހުސައިން މުހައްމަދު ލަތީފް ވިދާޅުވިއެވެ. 

މީގެ އިތުރުންވެސް ޤައުމުގައި އަމާންކަމާއި ސުލްޙަމަސަލަސްކަން ޔަގީންކޮށް، ރާއްޖެއަށް އާމްދަނީ ލިބޭނެ އިތުރު ގިނަ ސިނާޢަތްތައް ތަޢާރަފްކޮށް، އަމިއްލަ ފައިމައްޗަށް ތެދުވެތިބި ފުދުންތެރި ރައްޔިތަކު ދިރިއުޅޭ ދައުލަތެއް ބިނާކުރެއްވުމަކީވެސް ރައީސް ޑރ. މުއިއްޒުގެ އަމާޒެއްކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

މި ޤައުމުގެ މުސްތަޤްބަލަށްޓަކައި ދަރީންނަށް ޤައުމިއްޔަތު އުގަންނައިދީ އަހުލުވެރި ކުރުވުމުގައި ޒަމާނީ ވަސީލަތްތައް ބޭނުންކުރަން ނައިބު ރައީސް ވަނީ ގޮވާލައްވާފައެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ށ. އަތޮޅުގެ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ތެރެއިން އެންމެ ހިންގުންތެރި ކޮމިޓީތަކަށްދޭ "މާރެސް" އެވޯޑް ހަވާލުކޮށްދެއްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް