މި މައްސަލާގައި ޖަލު ހުކުމް އިއްވާފައިވަނީ ރ. މާކުރަތު މީހަކަށެވެ. އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުން އަމަލުކުުރުމުގެ ގާނޫނުގެ ދަށުންނެވެ.
މި މައްސަލާގައި މީނާގެ މައްޗަށް ދައުވާ އުފުލީ 2021 ވަނަ އަހަރު އެވެ. މީނާގެ އަތުން ބަރަހަނާ މަންޒަރު ހިމެނޭ ފޮޓޯ އާއި ވީޑިއޯ ފޯނުން ފެނިފައިވާތީ އޭނާގެ މައްޗަށް އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާވެސް ކުރިއެވެ. އެހެންނަމަވެސް އެ ކުށް އޭނާގެ މައްޗަށް ސާބިތެއް ނުވެއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުން އަމަލުކުުރުގެ ގާނޫނުގައި ބުނާގޮތުން ކުޑަ ކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލައިފި ނަމަ، އެމީހަކު 10 އަހަރާއި 14 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;