ads
ގަން އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) އައްޔަންކުރި ޝެރީނާ
ޝެރީނާ އެއާޕޯޓް ބޯޑަށް އައްޔަންކޮށްފި
މިިދިޔަ ލޯކަލް ކކައުންސިލް އިންތިހާބުގައި ވާދަކޮށް ނާކާމިޔާބުވި ޕީއެންސީގެ ކެންޑިޑޭޓް ގަން އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް މެމްބަރަކު އައްޔަންކޮށްފިއެވެ.
Advertisement

އެ މަގާމަށް އައްޔަންކުރީ  ސ. ހިތަދޫ، ވެލްކަމްވިލާ، ޝެރީނާ ސާލިހްއެވެ. 

ޝެރީނާއަކީ މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ހިތަދޫ ބޭރުމަތި ދާއިރާގެ ގޮނޑިއަށް ޕީއެންސީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓެވެ. އެހެންނަމަވެސް އެ އިންތިހާބު އޭނާއަށް ވަނީ ނާކާމިޔާބުވެފައެވެ. އައްޑޫ ސީޓީގެ ހުރިހާ ގޮނޑިއެއް ލިބުނީ އިދިކޮޅު އެމްޑީޕީއަށެވެ. 

ޕީސީބީން މިއަދު ބުނީ އައްޑޫ އިންޓާނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަޤާމަށް ޝެރީނާ މިއަދުން ފެށިގެން އައްޔަނުކޮށްފައިވާކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;