ސައިކަލްގެ ފަހަތާއި ކުރިޔަށް މާ ގަސްތަކެއް އަރުވައިގެން މި މީހާ ބްރިޖު ހުރަސްކުރާ ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައެވެ. އަދި މި ކަމާއި ގުޅިގެން ބައެއް މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ބުރިޖާއި ހައިވޭ ހުރަސްކޮށް ސައިކަލުގައި މާގަސްތަކެއް އުފުލި މީހަކާ ހޯދާ އެމީހާއަށް ފިޔަވަޅު އަޅާފައިވާކަމަށެވެ. އަދި އޭނާއާ މެދު ފިޔަވަޅު އެޅީ ގަވައިދާ ހިލަފަށް މުދާ އުފުލުމުގެ މައްސަލައިގައިކަމަށް ފުލުހުން ބުނެއެވެ.
ނުރައްކާތެރިކޮށް ދުއްވާ މީހުން ހޯދާ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރުމަށް ބައެއް މަގުތަކުގައި 24 ގަޑިއިރު ފުލުހުން ފޯރި މަރަން ވަނީ ފަށާފައެވެ. އާއްމުކޮށް އެކްސިޑެންޓް ހިނގާ މަގުތަކަށް ފުލުހުން ނެރެފައި މިވަނީ ދެ އެކްސިޑެންޓްގައި 48 ގަޑިއިރުގެ ތެރޭގައި 2 ޒުވާނަކު ވަނީ މެރުވެފައެވެ.