ads
ސިޓީ ޕާކު ތަރައްްްގީކުރަން ނިންމިގޮތްކަމަށް ބުނެ އޭރު ދައްކާލި ކުރެހުންތައް
ތަރައްގީކުރަން ކަމަށް ބުނެ ބަންދުކުރި ސިޓީ ޕާކު އަލުން ހުޅުވާލަނީ
ކުރީގެ ބައި އިންޖީނުގެ ހުރި ބިމުގައި އޮތް ގަލޮޅު ސިޓީ ޕާކު އާއްމުކޮށް ހުލުވާލަން ނިންމާ އެތަން ސާފުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.
Advertisement

އާއްމުންނަށް ބޭނުންކުރަން ޕާކެއްގެ ގޮތުގައި ކުރިންވެސް ތަރައްްީކޮށްފައިވާ ސިޓީ ޕާކު ބަންދުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ ސިޓީގެ މޭޔަރުގެ މަގާމުގައި ހުންނެވިއިރު 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. 

މާލޭ ސިޓީ ކައުންސިލުން ބުނީ ގަލޮޅު ސިޓީ ޕާކު އާއްމުންނަށް ހުޅުވާލަން ނިންމީ ގަލޮޅު ރައްޔިތުން ހިތްފަސޭހަ ކޮށްލަން އޮތް ހަމަ އެކަނި ހުސްބިމަކީ އެ ތަނަށްވެފައި އެތަން ބަންދުކޮށްފައި އޮންނަތާ ގިނަދުވަސްތަކެއް ވުމުންކަމަށެވެ. އަދި އެތަން އަލުން ހުޅުވާލަނީ ގަލޮޅު ރައްޔިތުންގެ އެދުމާއި އެއްގޮތަށްކަމަށްވެސް ސިޓީ ކައުންސިލުން ބުނެެެއެވެ. ސިޓީ ޕާކު ހުޅުވާލުމަށް މިހާރު ކުރަމުންދަނީ އެތަން ސާފުކުރުމުގެ މަސައްކަތްކަމަށްވެސް އެ ކައުންސިލުން ބުނެއެވެ.  

ގިނަ ދުވަސްތަކެއް ވަންދެން އެ ޕާކު ބަންދުކޮށްފައި އޮތުމުން އެ ސަރަހައްދުގައި ގަސްތައް ބޯވެ ތަން ވަނީ ގޮނޑަކަށްވެފައެވެ. 

your imageމިހާރު ސިޓީ ޕާކު ފެންނަން އޮތް ގޮތް 

ސިޓީ ޕާކު ތަރައްގީކުރަންކަމަށް ބުނެ 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 14 ވަނަދުވަހު  ބަންދުކުރުރަމުން އޭރުގެ މޭޔަރު ޑރ މުއިއްޒު ވަނީ އެތަން ތަރައްޤީކޮށް ނިމޭއިރު އޮންނާނެ ގޮތުގައި ކުރެހުންތައްވެސް އާއްމުކުރައްވާފައެވެ. އެ ޕާކު ތަރައްޤިކުރަން ބަޖެޓް ނެތް ނަމަވެސް ސިޓީ ކައުންސިލުން އަމިއްލަ ހަރަދުގައި އެކަން ކުރައްވާނެކަމަށްވެސް އޭރުގެ މޭޔަރުގެ ގޮތުގައި ހުނެނެވި މިހާރުގެ ރައީދސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ. 

އަދި އެތަނުގައި އާންމުން ކަސްރަތު ކުރުމަށް އައުޓްޑޯ ޖިމް އަކާއި ކަސްރަތު ކުރުމަށް ހިނގާ ޓްރެކް އެއް ބެހެއްޓޭނެ ކަމަށާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ކަސްރަތުކުރުމަށް ފަރުމާކުރެވިފައިވާ ހާއްސަ "އައުޓްޑޯ ޖިމެއް" ތަރައްގީ ކުރާނެކަމަށް އޭރުގެ މޭޔަރު ޑރ. މުއިއްޒު ވިދާޅުވިއެވެ. 

މީގެއިތުރުން ޕާކުގެ ސްޕޯޓްސް އޭރިޔާގައި ބެޑްމިންޓަން ކޯޓްއަކާއި 3އޮން3 ބާސްކެޓްބޯލް ކުޅޭނެ ކޯޓެއް ހުންނާނެކަމަށައި ސްޕޯޓްސް އޭރިޔާގެ ދަށުގައި، ގްރައުންޑް ލެވެލް ގައި 102 ސައިކަލް ޕާކު ކުރެވޭ ޖާގައިގެ ޕާކިންޒޯނަކާއި ކުޑަކުދިން ކުޅޭ ސަރަހައްދުގައި ބެލެނިވެރިން އިށީނުމަށް ގިނަ އަދަދެއްގެ ޖާގަ ހެދިގެންދާނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް