ބުރާސްފަތި ދުވަހުގެ އަދަދާއި ގުޅޭ
އެއާކޯންގެ ވައިގެ އަޑު ކޮޓަރިތެރޭގައި ހިފާލާފައިވެ އެވެ. ފާހަގަކުރެވޭވަރުގެ ފުންނޭވާއެއް ދޫކޮށްލަމުން ކުރިއަށްވުރެން ބާރަށް އަމީރާގެ ގައިގައި އަޔާން ބައްދައިލި އެވެ. ކުރިން އެނބުރި އޮތް ފަރާތް އަޔާން ބަދަލުކޮށްލީ ފަރުވާތެރިކަމާއެކު އެވެ. މީގެކުރިންވެސް މިފަދަ ވަގުތުތައް ދެމީހުންގެ ދެމެދުގައި ހޭދަވެ އެވެ. ނަމަވެސް މިރޭ އަމީރާއަށް ކުރެވެމުނންދާ އިހްސާސްތައް މުޅިން ތަފާތެވެ. ހިތާއި ސިކުނޑީގެ ހާލަތު ބުނެދެވޭނެ ގޮތެއް ނެތެވެ. ވަގުތާއި ހާލަތު އެކަމަށް ތަނެއް ނުދެ އެވެ. އެކަން ދެނެގަންނާން ސިކުނޑިއަށް ވަގުތެއްވެސް ނެތެވެ.
"އާރ ޔޫ އަ ސްލީޕް ބިގް ބޯއި..؟" ހިމޭނުން އިނދެލާފައި އަމީރާ ސުވާލުކޮށްލި އެވެ.
"ނޯ! ތި ހަށިގަނޑުގެ ހޫނުކަން ވަރަށް އަރާމް ޕްރިންސެސް..!" އަޔާން ވަރަށް މަޑުމަޑުން ބުނެލި އެވެ. ކުރިއަށްވުރެންވެސް ބޮޑަށް އަމީރާ ހަމަޖެހިލި އެވެ.
އެނދުމަތީގައި ދެފައި ދަމާލައިގެން އަމީރާގެ އުނަގަނޑަށް ބާލީހެއް ލައްވާލި އެވެ. އަޔާން އަރާމްކޮށށް އަމީރާގެ މޭގައި ބޯއަޅާލުމަށް ޖާގަދިނީ އެވެ. އަޔާންގެ ދިގު، ބިޔަ ހަށިގަނޑުގެ ބަރު އަމީރާ އުފުލަމުންދިޔައީ ލޯތްބާއި އޯގާތެރިކަމާއެކު އެވެ.
"ބައްޕައެއްގެ ހުރިހައި ވާޖިބެއް ފުރިހަމަކޮށްދިނީ މުންޝިއަންކަލް..! މުޅި އުމުރު ހުސްވިޔަސް ބޮޑުދައިތައާއި އަންކަލްގެ ދަރަނި އަދާކޮށްނުދެވޭނެ.." މަޑުމަޑުން އަޔާން ބުންޏެވެ.
"އެމީހުންގެ އެއްބަނޑުއެއްބަފާ މީހަކަށްވެސް ނުދޭނެ އިއްޒަތާއި ގަދަރު، މަންމައަށް އެދެމީހުން ދިނީ ލޯތްބާއެކު.. އަހަރުމެންނަކީ ލޭގެ ގުޅުމެއް ނެތް، ބަދަހި އާއިލާއެއް..! އެމީހުންގެ ފުރާނައަށްވުރެންވެސް ބޮޑަށް އަޔާންދެކެ އެމީހުން ލޯބިވޭ.. މަންމަ ކައިރިއަށް އެރޭ އައިސް، ކޮޓަރިއަށްވަދެ، ފުރަތަމަ ފެނުނު ވަގުތު އެދެމީހުންގެ ލޮލަށް ބަލައިލާފައި އަހަރެންގެ މުޅިގައިން ހީބި ނެގި..! ދުވަހަކުވެސް އެދަރަނި އަދާކޮށްނުދެވޭނެކަން ޔަގީންވީ އެވަގުތު.. އަޔާންގެ ހަމައެކަނި އާއިލާއަކކީ އެއީ ޕްރިންސެސް..!" ވަރަށް މަޑުމަޑުން އަޔާން ބުންޏެވެ. ދެން އައީ ހިމޭންވަގުތެކެވެ.
................
ޑްރެސިން ޓޭބަލްކައިރީގައި އިށީންދެލައިގެން އިން އައިޝާއަށް މުންޝިރް ބަލައިލި އެވެ.
"ކިހައި އިރެއްވަންދެން ތި ފޮތުގެ ބަނޑޭރިގަނޑަށް ބަލަހައްޓައިގެން އިންނާނަން..؟" ފިކުރުބޮޑުވެފައި މުންޝިރު ސުވާލުކޮށްލި އެވެ. ތެދެކެވެ. އައިޝާ އެހެން އިންނަތާ ވީއިރެއް އޭނާއަށްވެސް ނޭގެ އެވެ.
"މި ފޮތް އަހަރެން އަތުގައި އޮންނަތާ ފަސް އަހަރު ވެއްޖެ..! ދުވަހަކުވެސް އެތެރެ ބަލައިނުލަން.. މީގައި ލިޔެފައި އޮތީ ކޯންޗެއްކަން ނޭގުނަސް، އެތެރޭގައިވާ ސަފްހާތަކުން އަޔާންގެ ދެ ލޯ ކަރުނުން ފުރާލާނެކަން ޔަގީން..! މީގައިވާ ވާހަކަތައް އެސޮރަށް ތަހަންމަލެއް ނުކުރެވޭނެ..! އަހަރެންގެ މި ދެދޮލުން ދުށިން، މި ފޮތް ލިޔަމުންދިޔަ ކިތަންމެ ރެއަކކު އަލީޒީ އުފުލި ވޭން..! ލިޔަން އިންދައި މޭޒުމައްޗަށް ހޯސްލާފައި އަނގައިން ބޮޑެތި ލޭގުޅަގުޅަ ވެއްޓިގެން، މި ފޮތަށް އެއިގެ އަސަރެއް ކޮށްފާނެތީ އަލީޒީ އުޅުނު ގޮތްވެސް އަހަރެން ދުށިން.. ހިމޭންކަމާއެކު ފަހު ނޭވާ ދޫކޮށް އެދިޔައީ ހާދަ ވޭނެއް އުފުލާފައޭ.. އެކަމަކު، ދުވަހަކު ޝަކުވާއެއްކުރި އަޑެއް ނާހަން.." އައިޝާގެ ކޯތާފަތުން އޮހޮރިގެންދާ ކަރުނަ ހިފެހެއްޓުމުގެ ޝައުގުވެރިކަމެއް އޭނާގެ ނެތެވެ.
އައިޝާގެ އިހްސާސްތައް ބޭރުކުރަން މުންޝިރު ފުރުސަތުދީގެން އިނީ އެވަގުތު އެކަން މުހިއްމުވީތީ އެވެ.
"މިވަރުގެ އުނދަގޫ ޒިންމާއެއް އަލީޒީ އަހަންނާއި ހަވާލުކުރީ ކީއްވެ؟" މާ ބާރަށް އައިޝާ ރޯންފެށީ މުންޝިރުގެ ދެ ލޯ ކަރުނުން ފުރާލާފަ އެވެ.
"ހިތްވަރުކުރޭ އައިޝާ..! ތިއީ އަމާނާތެއް! ތިކަން އަލީޒީ އައިޝާއާއި ހަވާލުކުރީ، އޭނާގެ އަމިއްލަ ނަފުސަށްވުރެންވެސް އައިޝާއަށް އިތުބާރު ކުރާތީ..! އަޔާންގެ ހިތުގައި އުފެދިފައިވާނެ ސުވާލުތައް އަހަރުމެންނަށް އިހްސާސްވެސް ނުކުރެވޭނެ.. ފަހަރެއްގައި ތިޔަފޮތުން، އެދަރިފުޅުގެ ހިތާއި ސިކުނޑިއަށް ތަސައްލީއެއް ލިބުންވެސް އެކަށީގެންވޭ.. ނުވަތަ ދާއިމީ އަރާމެއް ލިބުމަކީވެސް ވެދާނެކަމެއް..! މިއީ ތިކަމަށް އެންމެ ރަގަޅު ވަގުތު..! އެއްކުއްޖަކު އަނެއް ކުއްޖެއްގެ ކިބބައިން އެކުދިން ހިތްވަރު ހޯދާނެ.." އައިޝާގެ ގައިގައި ބައްދާލައިގެން ހުރެ މުންޝިރް ވާހަކަދެއްކި އެވެ.
"މިކަން ކުރަން އަހަންނަށް ފަސޭހައެއް ނޫނ.." ކަރުނަ ފޮހެލަމުން އައިޝާ ބުންޏެވެ. ނަމަވެސް ޖުމުލަ ފުރިހަމަކުރަން މުންޝިރް ފުރުސަތެއް ނުދިނެވެ.
"ތިކަން ކުރެވޭނެ ހަމައެކަނި މީހަކީ އައިޝާކަން އަލީޒީއަށް މާކުރިންވެސް އިނގޭ..!" ހިތްވަރުދިނުމަށް މުންޝިރުގެ މި ޖުމުލަ އައިޝާއަށް ފުދުނެވެ.
.....................
"ޝީ ހޭ ޓް ސް މީ ޝީ ހޭ ޓް ސް މީ.." އަޔާންގެ ހިތުގައި އޮތް ނަމެއް ނޭގުނަސް، އެ ޖުމުލަ ނިސްބަތްކުރާނީ ހަމައެކަނި އަޔާންގެ މާމައަށްކަން އަމީރާއަށް ޔަގީނެވެ. މަޑުމަޑުން ބޮލުގެ އިސްތަށިގަނޑުގައި އަމީރާގެ އިނގިލިތަކުން ފިރުމަމުންދިޔަ އެވެ.
"ސަމްޓައިމްސް ޔޫ ޖަސްޓް ނީޑް ޓު ސިޓް އެލޯން، ދުނިޔެމަތީން ހަނދާން ނައްތާލާފައި އަމިއްލަ ނަފުސާމެދު ވިސްނާލަން ކުޑަކުޑަ ވަގުތުކޮޅެއް ހޭދަކޮށްލުން ބައެއް ހާލަތްތަކުގައި ރަގަޅުވާނެ.." ވަރަށް މަޑުމަޑުން އަމީރާ ބުންޏެވެ. ކަންކަން ހިނގާފައިވާގޮތާއިމެދު އަޔާން އިތުރަށް ވިސްނާލުމަށް އަމީރާ ބޭނުންވި އެވެ.
"ނޮޓް ވިތްއައުޓް ޔޫ.." ވައިއަޑުން އަޔާން ބުންޏެވެ.
"ބޭނުންވާ ކޮންމެ ވަގުތަކު އެންމެ ގާތުގައި ހުންނާނަން.. އަޔާންގެ ކޮންމެ ލަފްޒެއް ކެތްތެރިކަމާއެކު އަޑުއަހާނަން" ޔަގީންކަމާއެކު އަމީރާ މަޑުމަޑުން ބުނެލީ އަޔާންގެ ނިއްކުރީގައި ކިސްކޮށްލަމުންނެވެ. ލިބުނު ޔަގީންކަން އަޔާންގެ މުޅި އުމުރަށް ފުދެ އެވެ. އަމީރާގެ ވަފާތެރިކަމާމެދު އަޔާން ދުވަހަކުވެސް ޝައްކު ނުކުރާނެ އެވެ. ހިމޭންވަގުތުކޮޅަކަށްފަހު އަޔާން ވާހަކަދައްކަން ފެށި އެވެ.
"ދުވަހަކުވެސް އަޑު ނާހާ، ވަރަށް ހުތުރު ނަންނަމުން އޭނާ އަޔާންއަށް މުހާތަބުކުރީ.. ކެތްކޮށްފައި ބބުނިން، މިއީ އަލީޒީގެ ދަރިފުޅޭ..! މަސްތުވުމަށް ރަށުތެރޭގައި ސަލާމްޖަހާ، 'ޕާޓޭ އެއްގެ' ގޮތުގައި މާމަ އަޔާންއާއި މުހާތަބުކުރީ.. ބައްޕަޔަކު ކަށަވަރުނުވާ، ކިތަން ދަރިން މަންމަގެ އެބަހުރިތޯ އެހިވަގުތު އަހަރެންގެ ވަށައިގެންވީ ދުނިޔޭގެ ތެރޭގައި އަހަރެން ތާށިކޮށްލިހެން ހީވީ..! މަންމައަށާއި އަޔާންއަށް ވަރަށް މަލާމާތްކުރި..! ބުނި، ހަލާލު ކާއެތިކޮޅެއް ދިއްކޮށްލާނެ މީހަކުވެސް ދުވަހަކުވެސް ނުވާނެޔޭ..! ހިތައް އައިހައި އެއްޗެއް މާމަ ކިޔަމުންދިޔައީ، މި ދަރިފުޅު އަލަށް 'މާމަ'އަށް ގޮވައިލީ އެވަގުތުކަންވެސް ހަނދާން ނައްތާލާފައި...! އެމީހުން އެ ތުހުމަތުކުރާ ދަރަޖައަށް އަޔާންގެ މަންމަ ދުވަހަކުވެސް ނުވެއްޓޭނެ..! އަޔާން މަންމަ ވަރުގެ ކެތްތެރިޔަކު ދުނިޔޭގައި ލެއްވިކަމެއްވެސް ނޭގެ..!" ދުވަހަކުވެސް އަޔާން ދައްކާފައިނުވާ ވާހަކައެއް މިރޭ ދައްކާން ފެށުމުން އެކަމަށް އަމީރާ ފުރުސަތު ދިނެވެ. އަޔާންއަށް ނޭގޭ ހަގީގަތަކީ އެރޭގެ ފޯނުކޯލްގައި އަޔާން މާމައާއި ވާހަކަދެއްކި އަޑު އަމީރާއަށް އިވިފައިވާކަމެވެ.
"އަހަރެން ހަމައެކަނި ޔަގީންކުރަން ބޭނުންވީ، މަންމައަށް ކުޑަވެސް ހަމްދަރުދީއެއް އެ ހިތުގައި އޮތް ތޯ...! މަންމަ ހުރިތަނެއް ނުވަތަ އުޅޭތަނެއް ނޭގިހުރެދާނެކަމަށް ބަލާފައި، ދެމީހުން ބައްދަލުކުރުވަން ބޭނުންވީ..! ފަހަރެއްގައި މައާފަށް އެދެންވެސް ތައްޔާރަށް ހުރެދާނެކަމަށް ހީކުރެވުނީ..! އަދި އަހަރެން ނޫން އެހެންމީހަކުވެސް މަންމަގެ އަމިއްލަ މީހެއްގެ ގޮތުގައި އެންމެ ފަހަރަކުވެސް ދެކިލުމަށް ފުރުސަތު ލިބިދާނެތޯ އަހާލަން ބޭނުންވީ..! އެކަމަކު އެއީ ހިތެއް އޮތް އިންސާނެއް ނޫން..! އަހަރެންގެ އާއިލާއަކީ އެންމެ ހަތަރު މީހުންކަމަށް ނިންމީ އެދުވަހު..! އެކަމަކު މަންމަ އަބަދުވެސް ބުނެދިން، ކާފައަށް އިހްތިރާމްކުރުމަށް..! އެހެންވީމާ އެކަން ކުރާނަން.. ކޮންމެވެސް ދުވަހަކުން މާތްﷲގެ ހަޒްރަތުން އެމީހުންގެ ހައްގު އަދަބު އެމީހުންނާއި ބައްދަލުކުރާނެ..!" ވަރުބަލިކަމާއެކު މާޔޫސީ ގޮތަކަށް އަޔާން ދެ ލޯ މަރައިލި އެވެ. އަމީރާގެ އަތް ގެނެސް މޭމަތީގައި ބާއްވާލާފައި ފިރުމާލި އެވެ. ހިމޭން ވަގުތުކޮޅަކަށްފަހު އަނެއްކާވެސް ވާހަކަދެއްކީ އަޔާން އެވެ.
"އެދުވަހުން ފެށިގެން ނިންމިން، އެއީ މަންމައާއި އަހަރެންނަށްޓަކައި، ކުރިއެކޭވެސް އެއްގޮތަށް ވުޖޫދުގައި ނެތް ބައެއްކަމަށް..!"
އަޔާންގެ މާމަގެ ނަންބަރު ހޯދީ އަމީރާގެ ބައްޕަ ފަރާތުންނެވެ. އެކަން އަމީރާއަށް އެގެ އެވެ. މަންމަގެ ހާލުބޮޑުވެ، އުއްމީދުކެނޑިގެންދިޔަ ހިސާބުން އަޔާން ބޭނުންވީ މަންމައަށް ދުނިޔޭގައި ހޯދައިދެވެން އޮތް ހުރިހައި ގަދަރެއް ހާސިލްކޮށްދިނުމަށެވެ. ނަމަވެސް އެ ބާބުގައި ލިޔާނެ އަކުރެއް ވުޖޫދަކު ނެތެވެ.
"ހީވެސް ނުކުރާވަރުގެ ދަތިކަމަކާ އެމީހުންޖެހޭނީ ކުރިމަތިލާން.. އަޔާންގެ މަންމައަށް ދުނިޔެ ނަރަކައއަކަށް ހަދައިލި ބަޔަކަށް އިތުރަށް ހިނިތުންވުމުގެ ފުރުސަތެއް ނުލިބޭނެކަމަށް ބައްޕަވަނީ ވައުދުވެފައި..! އެމީހުން އަތުގައި މިއަދު އެކަށްޗެއްވެސް ނެތް.. ތިބެންޖެހިފައި އެއޮތީ ޖަލުގައި.." ހިތުގައިވީ ރިހުން ފޮރުވަމުން އަމީރާ ބުންޏެވެ.
އަމީރާގެ ބައްޕަ، އަޔާން މަންމަގެ ހިތްދަތި ސަފްހާތަށް އަމީރާއަށް ބުނެދިން ދުވަހުގެ ހަނދާންތަކުން އަމީރާގެ ދެ ލޯ ރަތްވެ، މޫނުމަތީގެ ނުތަނަވަސްކަން ފާޅުވެއްޖެ އެވެ. ނަމަވެސް ހިމޭންވީ އަޔާންއަށްޓަކަ އެވެ.
"އަހަންނަކީ ވަރަށް ބޮޑު ނިކަމެއްޗެއް..! ޔަތީމު، މިސްކީނެއް!" ވަރަށް މަޑުމަޑުން އަޔާން ބުނެލި ކުރު ޖުމުލައާއެކު އަމީރާ ލޯ މަރައިލި އެވެ.
މިއީ ހިތުގައި އޮތް ބިރުވެރިކަމެކެވެ. ކޮންމެވެސް ދުވަހަކުން އަޔާން މިފަދައެއްޗެއް ބުނެފާނެކަމަށް އަމީރާއަށް ހީކުރެވިފައިވެ އެވެ. ނަމަވެސް މިފަދަ ހިތްދަތި ޖުމުލައަކަށް އަމީރާ ތައްޔާރެއް ނޫނެވެ. އެއްޗެއް ނުބުނެ ހިމޭނުން އިނީ އއަޔާންގެ ހިތުގައި އޮތްއެއްޗެއް އެގެން ބޭނުންވާތީ އެވެ.
"ޕްރިންސެސްގެ އިޝާރާތަކަށް މުޅި ދުނިޔެ އޮތީ އިންތިޒާރުގައި.. ބޭނުން ކޮންމެ ފެންވަރެއްގެ ކޮންމެ ފިރިހެނަކު ހުންނާނީ ތައްޔާރަށް.. ފަހުރުވެރިކަމާއެކު ކަނދުރާ ސީދާކޮށްލުމަށް އިއްޒަތްތެރިޔަކު އިހްތިޔާރުކުރިޔަސް އަޔާންގެ މމައްސަލައެއް ނެތް..
އައި ވިލް ނެވަރ ސްޓޮޕް ލަވިން ޔޫ އެވަރ..! ނެވަރ އެވަރ..!" ވަރަށް މަޑުން އަޔާން ވާހަކަދެއްކި އެވެ. ހިތް ޒަހަމްވެ ލޭ އޮހޮރިގެން ދިޔަޔަސް އެފަދަ ވޭނެއް ނާޅާނެ އެވެ. އެއަޑު އިވުނު ކޮންމެ މީހަކަށް އެކަން ކަށަވަރުވާނެ އެވެ. ފޮރުވަން އުޅުނަސް ހިތުގެ ރިހުން ނުފޮރުވެ އެވެ. އަޔާންގެ ވާހަކަ ހުއްޓުވުމުގެ ކުޑަވެސް ޝައުގުވެރިކަމެއް އަމީރާގެ ނެތެވެ. އެއީ އަމީރާ ވިސްނަން ބޭނުންކަންކަމަށް ނުވާތީ އެވެ. އެކަމަކު އަޔާންގެ ވިސްނުން އެގެން ބޭނުމެވެ. އަމީރާގެ ހަޔާތުގައި އަޔާންގގެ ނަން ނުލިޔެވިއްޖެނަމަ، އެހެން މީހެއްގެ ނަން ދުވަހަކުވެސް ނުލިޔެވޭނެ އެވެ. މިއީ އަމީރާގެ ނިންމުމެވެ.
"އަހަރެންގެ ހަގީގަތަކީ، ހަމައެކަނި މަންމައެއް..! އަހަރެންގެ ހަގީގަތް އަހަންނަށްވެސް ނޭގޭ..! ބައްޕައަކީ ކާކުކަން ދުވަހަކުވެސް ނޭގޭނެ.. އެންމެ ކުޑައިރުގައި ކިތަށް ފަހަރު އެ ތުހުމަތަށް ނަފްރަތުކޮށް، އަމިއްލަ ހިތުގައި ޝައްކު އުފެއްދުނުކަން ހަނދާނެއް ނެތް.. ވާނުވާއެއް އޭރު ނޭގުނަސް މަންމަގެ ކުށެށް ނޯންނާނެކަން އޭރުވެސް ލޮލުން ބޮލުން ގަބޫލުކުރަން.. އެކަމަކު ކްލާސް ކުދިންނާއި، ބައެއް ކުދިންގެ ބެލެނިވެރިން ތުހުމަތުކުރި ނަންތަކާއި ބަސްތަކުން އިނގޭ، އަހަރެންނަކީ.. ބައްޕަ ޔަ ގީ ނ ނ ވާ ކުއްޖެއްކަން..! އެ ސުވާލު ހުށްހަޅަން ހުރީ މަންމަ.! އެކަމަކު ދުވާލު ހަތަރުދަމު ބުރަ މަސައްކަތްކޮށްފައި، ރޭގަނޑު އެތައް ދަމެއް ވަންދެން ފަހަން އިނދެފައި އައިސް، އަހަރެންގެ މޫނާއި ބޮލުގައި ފިރުމަމުން ކޮންމެ ރެއަކު މަންމަ އއެ ރުއިރުއިމުގެ އަޑުން އަހަރެންގެ ސުވާލުތައް ކަފުންކުރީ..! މަންމައަށް އެވަރު ދެރައެއް ދިނީ ކާކުކަމެއް ނޭގެ..! މެންދަމުގެ ހިމޭންކަމުގައި އެތައް ރެއަކު ތަކުރާރުކޮށް މަންމަ އިއުތިރާފްވެފައިވަނީ، ދުވަހަކުވެސް އިންސާނަކުދެކެ މަންމަ ލޯބިނުވާކަމމަށް..! ހަމައެކަނި އަޔާންއާއި ކާފަ ފިޔަވައި.. އެހެންވީމަ އޭގެ މާނަ ޕްރިންސެސްއަށް އިނގޭދޯ..!" އަމީރާގެ މޫނަށް ބަލައިލަމުން އަޔާން ސުވާލުކޮށްލި އެވެ.
"ޝީ ނެވަރ ގޮޓް ޓު އެކްސްޕީރިއަންސްޑް 'ލަވް' އެވަރ" ދެ ލޯ މަރައިލަމުން އަމީރާ ބުނެލީ އަމިއްލަ ކަންފަތަށްވެސް އަޑު ނީވޭނެ ކަމަށެވެ. ނަމަވެސް އެއަޑު އަޔާންއަށް އިވުނެވެ.
"ޓްރޫ" އަޑުބެދިފައިވިޔަސް އަޔާން ބުންޏެވެ.
"އަހަރެންގެ އަސްލަކީ ކޮބައިކަން އެނގުމުގެ ހައްގު އަހަންނަށް ލިބިގެން ނުވޭތަ؟"
"ކޮންމެވެސް ދުވަހަކުން އަހަރުމެންގެ ދަރީން ސުވާލުކުރާނެ އަހަރެންގެ ބައްޕައާއި ބެހޭގޮތުން، އެދުވަހުން އަހަރެން ބުނާނީ ކީކޭ..؟ ނޫނީ އެ ދަރިންނަށް ޕްރިންސެސް ދޭނީ ކޮން ޖަވާބެއް..؟" އަޔާންގެ އަސަރުގަދަ ސުވާލާއެކު އަމީރާގެ އެސްފިޔަތައް ތަގުޅިކޮށްލި އެވެ.
"ދިރިހުރުމާއި ދިރިއުޅުމަކީ މިހައި އުދަގޫ ކަމަކަށްވަނީ ކީއްވެތަ ބޭބީ..؟"
"ނޮޓް އޯލްވޭޒް މައި ލަވް! ނޮޓް އޯލްވޭޒް!" އަޔާންގެ އިސްތަށިގަނޑުގެ ތެރެއަށް އަމީރާގެ އިނގިލިތައް މަހާލީ ލޯތްބާއެކު އެވެ. އަދި ދެ ލޮލާއި ދެ ކޮލުގައި ލޯތްބާއެކު ކިސްކޮށްލި އެވެ.
"ބޭބީ..! ދިރިއުޅުމަކީ އެހައި ފަސޭހަކަމެއްނަމަ، ދެރަވެ ހިއްދަތިވާނެ އެންމެ ސަބަބެއްވެސް އެއްވެސް މީހަކަށް ނޯންނާނެ.. ތަހަންމަލް ނުކުރެވޭނެ ވޭނެއް އުފުލަން ނުޖައްސަވާނެކަމަށްވަނީ.. މާތްﷲ އެންމެ ގިނަ އިމްތިހާނު ކުރިމަތިކުރައްވާނީ އެކަލާންގެ އެންމެ ލޯބިވެވޮޑިގަންނަވާ އަޅުންނަށް.. މަންމަ އަބަދުވެސް ހަނދާންކޮށްދޭ ކަމެއް އެއީ..! ކުރެވޭ އިމްތިހހާނުތަކަށް ކެތްތެރިވެ، އެއިގެން ސަލާމަތްވެވޭނީ މަދު އިންސާނަކަށް..! އަޔާން މަންމަގެ ހަޔާތާއިމެދު ވިސްނާލަބަލަ.. ވަންސް ޝީ ވޯޒް އަ ޕްރިންސެސް.. ޖަސްޓް ލައިކް މީ..! ޑެޑީ'ސް ބެސްޓް ގަރލް..! ހަޔާތުގެ ވަކިހިސާބަކުން ހުރިހައިކަމެއް އެފުށް މިފުށަށް ޖެހިގެން ދިޔައީ.." އަޔާން ވިސްނާލުމަށް ވަގުތުކޮޅެއް ދިނުމަށް އަމީރާ ހިމޭންވި އެވެ. އަދި އަޔާންގެ ތުންފަތުގައި އަމީރާގެ ތުންފަތް ބީއްސާލި އެވެ.
"ބޭބީ.. ވިސްނާލިންތަ، އަޔާންގެ އަމިއްލަ ނަސީބާއި އަޔާންގެ ހަޔާތަށް..! ފެށިގެން އައި ގޮތާއި މިއަދު އަޔާންގެ މަގާމާއި ހައިބަތާއި ހުރެވުނު ހިސާބު..!؟ ހުރިހައި ކަމަކަށްވުރެން އެންމެ އުފާވެރިކަމަކީ، އަހަރުމެން ދެމީހުންގެ ބައްދަލުވުން..! ލޯބީގެ މި ގުޅުން..! ކާފައާއި އަޔާންގެ ކާފަގެ އެކުވެރިކަން.. އަހަރުމެން ދެއާއިލާގެ ބަދަހި ގުޅުން..! އުފާކޮށް، ހިރަފުސް ފޮޅާލަންޖެހޭ ވަރަށް ރީތި ސަފްހާތަކެއް އަހަރުމެންގެ ހަޔާތުގައި އެބަހުރި.. ކިހިނެއްވާނީ އެ އުފާވެރި ބިންގަލުގައި އަހަރުމެންގެ ދިރިއުޅުން އާރާސްތުކުރަން..؟ ދުނިޔޭގެ ހުރިހައި ފެންވަރެއްގެ ހުރިހައި ފިރިހެނުން ސަފުހަދައިގެން ތިއްބަސް، އައި ޑޯންޓް ގިވް ދެމް އަ * *..! އައި ލަވް ޔޫ ސޯ މަޗް..!" ތި ނޫން ފިރިހެނަކު ދުވަހަކުވެސް ބޭނުމެއް ނޫން..! ފަހުން ދޭންޖެހޭ ޖަވާބަކާމެދު ވިސްނާނީ ފަހުން..! ވަޓް ސޭ..؟"
ތުނިތުނިކޮށް ފަޅާފައިވާ އަޔާންގެ ފިރިހެންވަންތަ ތުނބުޅީގައި އަމީރާ ފިރުމާލި އެވެ. ހިތްދަތި ހިނިތުންވުމެއް އަމީރާގެ މޫނުން ފެނެލި އެވެ. ނަމަވެސް އެއީ އުއްމީދުގެ އަލިކަމެއްކަން އަޔާންއަށް އެގެ އެވެ.
"ބައެއް ފަހަރު ހިތައް އަރަނީ، ދުނިޔޭގެ ހުރިހައި ބޭއިންސާފެއް އަހަރެންގެ ހަޔާތާގުޅި ލާމެހިފަ އޮތީ ކީއްވެބާއޭ..؟ އެއީވެސް ހައްދެއް ނެތް މިންވަރަށް..؟ މި ހިތާމައަށް ނިމުމެއް ދުވަހަކުވެސް ނާންނާނެތަ.؟ ބޭނުމެއް ނޫން ޕްރިންސެސްއަށް މީގެ ކަމެއްގެ ހިޔަނިވެސް އަޅުވާކަށް.. ސޮރީ ލަވް! އައެމް ގިވިންގ ޔޫ ސޯ މަޗް ޕެއިން..!" އަމީރާގެ މޫނު ފެންނަ ގޮތަށް އަޔާން އެނބުރެލި އެވެ. ތެދެކެވެ. އަޔާންގެ ހަޔާތުގައި އެތައް ކަމެއް އެއްފަހަރާ ހިނގަމުންދަނީ އެވެ. ތަހަންމަލްކުރަން ޖެހިފައިވަނީ ގަދަ ވޭނެކެވެ. އެ ހޫނުގައި އަމީރާއަށް ކުޑަވެސް ތަކްލީފެއްދޭކަށް އަޔާން ހުވަފެނުގައިވެސް ބޭނުމެއް ނޫނެވެ.
"އެވްރިތިންގ ވިލް ބީ އޯކޭ ޑާލިންގ..!"އަމީރާ ބުނެލީ ވަރަށް މަޑުންނެވެ.
"ޔޫ ޕްރޮމިސް ޕްރިންސެސް..؟" ކުޑަކުއްޖެއް ފަދައިން އަޔާން އަހައިލީ ވަރަށް މަޑުންނެވެ.
"އައި ޕްރޮމިސް މައި ލަވް.!" ލޯތްބާއެކު މަޑުމަޑުން އަމީރާ ބުނެޏެވެ. ލޯ މަރައިލަމުން އަނެއްކާވެސް އަމީރާގެ ހިތުގެ އަޑު ސާފުކޮށް އިވޭނެގޮތަށް އަޔާން ބައްދާލި އެވެ.
"ބައި ދަ ވޭ ޕްރިންސް ޗަރމިންގ.. ދާދި ދެންމެ ބުނެވުނު އެއްޗަކާމެދު އަދި ވިސްނާލަބަލަ..! ނޮޓް އަ ބޭޑް އައިޑިއަރ އެޓް އޯލް..!"
އަނގަޔަށް ވައްތަރެއް ޖައްސާލަމުން އަމީރާ ބުނެލިއިރު، ރަތް ޓޯމާޓޯއެއްގެ ކުލައިން އަމީރާގެ މޫނު ކުލަ ބަދަލުވާން ފަށައިފި އެވެ. އަޔާންގެ ދެ މުބަ ގާތްކޮށްލާފައި ބަލައިލި އެވެ. އަމީރާ އެވަރަށް 'ބްލަޝް'ވާންޖެހޭ އެއްޗެއް ބުނެވުނުތޯ ވިސްނާލި އެވެ.
"އޯވ..." އަޔާންގެ މޫނުމަތި އުޖާލާވެގެން ދިޔަ އެވެ. ހިނދުކޮޅަކަށް ހުރިހައި ރިހުމެއް ފިލައި ހިގައްޖެ އެވެ. މުސްތަގުބަލުގެ ދަރިން، ކުރާނެ ސުވާލާބެހޭގޮތުން ބުނެވުނު އެއްޗެއް ރެއަކާލި އެވެ. އަމީރާ އިތުރަށް ލަދުގަންނަވާލަން މިވަގުތުގެ ބޭނުން އަޔާން ހިފި އެވެ.
"ޔެސް! ވަރަށް ބައިވަރު ދަރިން ބޭނުން.. ބަ ޓް އޮ ން ލީ އި ފް ޔޫ އަރ ވިލިންގ ޓު....، އަހަރު ދެ ކޮޅުވެސް ޕްރެގް ނެ ން ޓ... އައި ކޭން ޑޫ ދެޓް.. ޔޫ ނޯ މައި ސް ޓެ މި ނާ.. " އަޔާންގެ އަނގަމަތީގައި އަމީރާ އަތްއެޅި އެވެ. އއިތުރަށް އެންމެ ލަފްޒެއް ބުނުވަންވެސް އަމީރާ ބޭނުމެއް ނުވި އެވެ. ލަދުން ރަތްވެ، ކަންފަތުން ދުން ނިކުންނާން ފަށައިފި އެވެ.
"އަލީޒީ މުހައްމަދު ޒަރީރުގެ ދަރިފުޅު އަޔާން މުހައްމަދު ޒަރީރު، ޔޫ މަންކީޑޮންކީ ޔޫ ޓޯލްމޯލް ޖިރާފް ޔޫ އަރ ސޯ ޑެޑް.." އަމީރާގެ އަތްޖެހުނު ބާލީސް ނަގާފައި އަޔާންގެ ގައިގައި އެއިން ތަޅަން ފެށި އެވެ. އިހްތިޔާރުން ބޭރުން ދެމީހުން އެކުގައި އަޑުވީއްލައި ހޭން ފެށިވަގުތު ދޮރުގައި ޓަކި ޖަހަލި އަޑު އިވުނެވެ.
-ނުނިމޭ-