ދީޕިކާ އާއި ރަންވީރުގެ ދަރިފުޅާ ގުޅޭގޮތުން ރަންބީރު ކަޕޫރުގެ ބަސް
އައިޝަތު ނޫރާ
09 ސެޕްޓެމްބަރ 2024 - 13:23:22
ރަންބީރު ކަޕޫރު އޭނާގެ ކުރީގެ ލޯބިވެރިއާ ދީޕިކާ ޕަދުކޯންގެ ދަރިންނާއި އޭނާ ބާއްވަން ބޭނުންވާ ގުޅުމާއި ގުޅޭގޮތުން ދީފައިވާ އިންޓަވިއުއެއް ވައިރަލްވެއްޖެއެވެ.
ރަންވީރު ސިންގް އާއި ދީޕިކާ ޕަދުކޯނެ އަށް އިއްޔެ ވަނީ ދަރިއަކު ލިބިފައެވެ. އެ ދެ ތަރިންނަށް ލިބުނީ އަންހެން ދަރިއެކެވެ. މި އުފާވެރި ހަބަރު އިންސްޓަގްރާމްގައި ހިއްސާކުރެއްވުމާއެކު، ގިނަ ބޮލީވުޑް ތަރިން އެ ދެ ތަރިންނަށް މަރުޙަބާ ކިޔައި، އުފާ ފާޅުކޮށްފައިވެއެވެ.
މި މުނާސަބަތުގައި، ރަންބީރު ކަޕޫރުގެ ކުރީގެ އިންޓަވިއުއެއް ވައިރަލްވެފައިވެއެވެ. ކޮފީ ވިތް ކަރަން 5 ގައި ރަންވީރު ސިންގް އާއެކު ބައިވެރިވެ ރަންބީރު ބުނެފައިވަނީ، ރަންވީރު އާއި ދީޕިކާ އަކީ އެކަކު އަނެކަކަށް ވަރަށް ރަނގަޅު ދެ މީހުން ކަމަށާއި، އެ ދެ މީހުންގެ ގުޅުން އިތުރަށް ފުރިހަމަވެގެން ދިއުމަށް އެދޭ ކަމަށެވެ. އަދި އެ ދެ މީހުންނަށް ލިބޭ ދަރިން، އޭނާގެ މަސައްކަތްތަކުގެ ފޭން އަކަށްވެ، އޭނާއަކީ އެ ކުދިންގެ އެންމެ ގާތް އެކްޓަރަކަށް ވުމަށް އުންމީދުކުރާކަމަށްވެސް ބުންޏެވެ.
މި އިންޓަވިއުގައި ރަންބީރު އިތުރަށް ބުނެފައިވަނީ، އޭނާއާއި ރަންވީރު އަދި ދީޕިކާއާ ދެމެދު އެއްވެސް ހިތް ނުތަނަވަސްކަމެއް އަދި ދެކޮޅުވެރިކަމެއް ވެސް ނެތް ކަމަށެވެ. އޭނާ ބުނީ އެންމެން ވެސް ކުރިއަށް ގޮސްފައިވާ ކަމަށާއި، ކުރީގެ ގުޅުންތަކާ ބެހޭ ވާހަކަތައް މިހާރު މުހިންމެއް ނޫން ކަމަށެވެ.
ރަންވީރު ސިންގްވެސް މި އިންޓަވިއުގައި ބައިވެރިވެ ބުނީ ރަންބީރު އާއި ދީޕިކާގެ ކުރީގެ ގުޅުމަކުން އޭނާއަށް އެއްވެސް އަސަރެއް ނުކުރާ ކަމަށެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް