ads
ގާމަގު ކޭފޭގައި ރީވި އަލިފާންގނަޑު ފެތުރިފައި
މިއަދު ރޯވި ތަނަކީ 50 ބީދޭސީން ނިދާ ތަނެއް
މިއަދު އަލިފާން ރޯވެ އަނދާ ހުލިވިތަނަކީ 50 ބިދޭސީން ދިރިއުޅޭ ނިދާތަނެއްކަން އެނގިއްޖެއެވެ.
Advertisement

މިއަދު މެންދުރު އަލިފާން ރޯވެ އެނދީ ސޯސަންމަގު ކޮޅުގައި ހުންނަ ގާމަގު ކެފޭ ހުންނަ އިމާރާތެވެ. އަލިފާން ރޯވީ އެ ކެފޭގެ ބަދިގެއެވެ. ތިން ފްލޯއަށް ޓިނު ޖަހައިގެން ހަދާފައި ހިރި އެތަނުގެ އެންމެމަތީގައި 50 ބިދޭސީން ދިރިއުޅެމުންދާކަމަށްވެސް ވެއެވެ. މި ކެފޭއަކީވެސް ބީދޭސީންނަން ހާއްސަކޮށް ކައްކާ ކާންދޭ ތަނެކެވެ.

އަލިފާނުގެ ހާދިސާގައި ގެއްލުންވި މީހުންގެ ކަންކަން ބަލަން އެ ސަރަހައްދުގައި ތިބި އެންޑީއެމްއޭގެ އޮފިޝަލުން ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން 50 ބިދޭސީންނާއި ދިވެއްސަކަށް އެހީތެރިކަން ދޭންޖެހިފައިވާކަމަށެވެ. އެހެންނަމަވެސް އެމީހުންގެ މައުލޫމާތު ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި ވަގުތު ބޯހިޔާވަހިކަން އޭގެ ފަހުން ހަމަޖައްސާނެކަމަށެވެ. 

ގާމަގު ކެފޭގައި ރޯވި އަލިފާންގަންޑު ނިއްވާލެވުނީ ގާތްގަޑަކަށް ބައިގަޑިއިރެއްހާއިރު ފަހުންނެވެ. އެތަނުގައި ރޯވި އަލިފާންގަނޑު ފެތުރި ޖެހިގެން ހުރި ގެއަށްވެސް އަލިފާނުގެ އަސަރު ވަނީ ކޮށްފައެވެ. އެއީ ދިވެހިން އުޅޭ ގެއެކެވެ.

އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާގެ ރިޕޯޓު ކުރީ މެންދުރު 14:47 ގައިކަމަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް