ads
ރޮނާލްޑޯ ޓީމުގެ ކުޅުންތެރިންނާއެކު އުފާފާޅު ކުރަނީ
ޕޯޗުގަލް ސަލާމަތްކޮށްދިނީ އެއްކަލަ މުސްކުޅި ރޮނާލްޑޯ
ޔުއެފާ ނޭޝަންސް ކަޕްގައި، ފަހު ވަގުތު ރޮނާލްޑޯ ޖެހި ލަނޑާއެކު ސްކޮޓްލަންޑް އަތުން ޕޯޗުގަލް މޮޅުވެއްޖެއެވެ.
Advertisement

ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް އެކެއްގައި ރޭ ކްރިސްޓިއާނޯ ރޮނާލްޑޯ ފަހު ވަގުތު ވައްދާލި ގޯލުން ސްކޮޓްލެންޑް އަތުން ޕޯޗުގަލް މޮޅުވީ ފަހަތުން އަރައި ދޭއް އެކަކުންނެވެ.

ކެރިއަރުގައި މިހާތަނަށް ރޭ ޖެހި ލަނޑާއެކު ރޮނާލްޑޯގެ ޖުމްލަ އަދަދު 901 އަށް އެރީއެވެ.

ވަގުތު ޖެހުނީމާ ބޯޅަ ކުޅުން ހުއްޓާލާނެ ކަމަށާއި އަދި ކައިރި މުސްތަގުބަލެއްގައި ހުއްޓާލުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ދާދި މިދާކަށް ދުވަހުވަނީ ބުނެފައެވެ. އެހެން ބުނި ފަހުން އޭނާގެ ކެރިއަރުގެ ޖުމްލަ ލަނޑުގެ އަދަދުވަނީ 900 އަށް އަރާފައެވެ. 

ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ އަކީ އެޓީމަށް އެންމެ ގިނަ މެޗު ކުޅޭދީ، އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮންނަ ކުޅުންތެރިޔާ އެވެ. އަދި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ދުނިޔޭގެ ރެކޯޑް ވެސް އޮންނަނީ އޭނާ އަތުގަ އެވެ. ރޮނާލްޑޯ ވަނީ މިހާތަނަށް ގައުމީ ޓީމަށް ކުޅެދިން 200 އަށްވުރެ ގިނަ މެޗުން 132 ގޯލު ޖަހައިދީފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް