ads
ނީދޭސީން ނިންދަވާ ތަނެއް
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ނިންދަވާ ކާންދޭ މީހުންނަށް ފިޔަވަޅު އަޅަނީ
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ކެއިންބުއިމާއި، ނިދުމުގެ ކަންކަން ހަމަޖައްސައިދޭ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށް އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން ވަހީދު ވިދާޅުވެއްޖެއެވެ.
Advertisement

ކޮންޓްރޯލާ ޝައްމާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، އާންމު ސިއްޙަތުގެ ރައްކާތެރި ކަމަށާއި ސަލާމަތަށް ނުރައްކާވާފަދަ  ގޮތަށް އުޅޭ ބިދޭސީންނަން ކަންކަން ހަމަޖައްސާދޭ މީހުންނަށް ފިޔަވަޅު އަޅާނެކަމެޥެ. 

" ގަވައީދާ ހިލާފަށް އުޅޭ ބިދޭސީންނަށް ކެއިންބުއިމާއި، ނިދުމުގެ ކަންކަން ހަމަޖައްސައިދޭ ފަރާތްތަކާއިމެދު ، ޤާނޫނު ނަންބަރު: 2007/1 (ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނު) ގެ. 33 ވަނަ މާއްދާގެ ދަށުށް ފިޔަވަޅު އެޅޭނެ ކަމަށް ދަންނަވަން." ކޮންޓްރޯލާ ޝައްމާން އެކްސްގައި ކުރެއްވި ޕޯސްޓްގައިވެއެވެ.

ގާނޫނުގައި ބުނށާ ގޮތުން އެފަދަ ކުށެއް ކުރާ ދިއްވެއްސެއްގެ އަދަބަކީ 5،000 ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާ ކުރުމެވެ. އަދި އެމީހެއްގެ ޕާސްޕޯޓު ވަކިމުއްދަތަކަށް ހިފެހެއްޓުމުގެ އިހްތިޔާރުވެސް ކޮންޓްރޯލާ ވަނީ ދީފައެވެ. 

މި ކުށް ކުރީ ބިދޭސީއެއް ނަމަ އެމީހަކު ،15,000ރ. އާއި 50,000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. އަދި އެމީހަކު ވަކިމުއްދަތަކަށް ރާއްޖެ ނާދެވޭގޮތަށް ފޮނުވާލުމުގެ ބާރުވެސް ގާނޫނުން ވަނީ ދީފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް