ads
ފޮޓޯ: ދިރާގު
ދިރާގު އީއޭއެފްސީ ޑުއޯސް ގެ ޗެމްޕިއަންކަން "ދަ ލޮޖް" ހޯދައިފި
ދިރާގުން ބޭއްވި އެންމެ ފަހުގެ އީސްޕޯޓްސް އިވެންޓް، ދިރާގު އީއޭއެފްސީ މިނީ ސީރީޒް 2 ޑޫއޯސް މުބާރާތް ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު ޓީމް ޗެމްޕިއަންކަން ހޯދީ ޓީމް"‘ދަ ލޮޖް" އިން ކަމަށް ދިރާގުން ބުނެެފި އެވެ.
Advertisement

އީއޭއެފްސީ މިނީ ސީރީޒް 2 ޑޫއޯސް މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ 2 ދުވަހުގެ ފިޒިކަލް އިވެންޓެއްގެ ގޮތުގައި ދިރާގު ހެޑް އޮފީހުގައި ކަމަށްވާއިރު ސަޕޯޓަރުންނާއި އާންމުންނަށް މެޗުތައް ލައިވްކޮށް ބަލާލެވުނު ކަމަށް ދިރާގުން ފާހަގަކުރެ އެވެ. 

އެގޮތުން ރާއްޖޭގެ ގޭމިން ކޮމިއުނިޓީގެ ތެރޭގައި ހުރި އިންތިހާ ހުނަރާއި ޝައުގުވެރިކަން ދައްކުވައިދޭ މި މުބާރާތުގައި ކޮންމެ ޓީމަކުން 2 ކުޅުންތެރިން ވާދަވެރިކަމުގެ އެތައް ބުރަކަށްފަހު އަލްޓިމޭޓް ޗެމްޕިއަންގެ ގޮތުގައި ޓީމް "ދަ ލޮޖް" ނިކުމެފައިވާއިރު ރަނަރަޕްގެ ގޮތުގައި ހޮވުނީ ޓީމް "މޯލްޑިވްސް ޔުނިފައިޑް ގޭމިން" އެވެ. އަދި ތިން ވަނަ އާއި ހަތަރު ވަނަ ހޯދީ ޓީމް "އިމިއުނިޓީ އެފްސީ" އާއި ޓީމް "ބްލެކް އެން ވައިޓް" އިން ކަމަށް ދިރާގުން ބުނެ އެެވެ.

މި މިނީ ސީރީޒް މުބާރާތުގެ ޖުމްލަ އިނާމު ޕޫލަކީ 15،000 އެވެ.

ދިރާގުގެ އީއޭއެފްސީ މިނީ ސީރީޒް އަކީ ރާއްޖޭގެ އީސްޕޯޓްސް މައިދާނަށް ކުރިއެރުމަށް އެއްބާރުލުންދޭ ބާރެއްކަމަށް ދިރާގުން ބުނެއެވެ. އެގޮތުން މި މުބާރާތްތަކަކީ ގޭމަރުންނަށް އެމީހުންގެ ހުނަރު ދައްކާލައި އެންމެ މަތީ ފެންވަރުގައި ވާދަކުރުމުގެ ޕްލެޓްފޯމެއް ލިބި، ވާދަވެރި، އެއްބާރުލުންދޭ މާހައުލެއް އުފެއްދުމަށް މަގުފަހިކޮށްދީ، އެންމެ ފަހުން ރާއްޖޭގައި އީސްޕޯޓްސްގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރާ ފަރާތެއްކަމަށް ދިރާގުން ބުނެ އެވެ.

ދާދި ފަހުން ދިރާގުން ތައާރަފްކުރި އެމީހުންގެ މުޅިން އާ ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އަކީ ރާއްޖޭގައި ތަރައްގީކޮށްފައިވާ، ގޭމަރުންނަށް "ވަން ސްޓޮޕް" ޕްލެޓްފޯމެއް ކަމަށާއި، އެމީހުންގެ ބޭނުންތަކަށް ހާއްސަކޮށްގެން ފުޅާ ދާއިރާއެއްގައި ފީޗާސްތަކާއި ހިދުމަތްތައް ފޯރުކޮށްދޭ ޕްލެޓްފޯމް އެއްކަމަށް ދިރާގުން ބުނެ އެވެ. އަދި މި ޕްލެޓްފޯމް މެދުވެރިކޮށް ގޭމަރުންނަށް ދިރާގުން ބާއްވާ އެކިއެކި އީސްޕޯޓްސް މުބާރާތްތަކުގައި އެއްވެސް ދަތިކަމެއް ނެތި ރަޖިސްޓްރީކޮށް، މުޖުތަމައުގައި ހުރި އެންމެ ފަހުގެ އޮފާތަކާއި ހަބަރުތަށް ލިބިގެންދާނެ ކަމަށްވެސް ދިރާގުން ބުނެ އެވެ.

ދިރާގަކީ ރާއްޖޭގައި އީސްޕޯޓްސް ޕްރޮމޯޓްކޮށް ގޭމިން ކޮމިއުނިޓީއާ ގުޅިގެން ރާއްޖޭގެ އީސްޕޯޓްސް ފެންވަރު މަތިކުރުމަށް މަސައްކަތްކުރާ ކުންފުންޏެއްކަމަށް އެ ކުންފުނިން ފާހަގަކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް