ads
ރައީސް މުއިއްޒާއި އިންޑިއާގެ ބޮޑު ވަޒީރު މޯދީ
ރަސްމީ ދަތުރެއްގައި ރައީސް އިންޑިއާއަށް ވަޑައިގަންނަވަން ހަމަޖެހިއްޖެ
ރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ.މުހައްމަދު މުއިއްޒު އިންޑިއާއަށް ވަޑައިގަންނަވަން ހަަމަޖެހިފައިވާކަމަށް ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
Advertisement

އެކަން އިއުލާނު ކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެވެ.

ހީނާ ވިދާޅުވީ ރައީސް އެ ދަތުުރުފުޅު ކުރައްވާނެ ސީދާ ތާރީހެއް އަދި ކަނޑަނާޅާ ކަމަށާއި އެކަމާ ގުޅޭ މަޝްވަރާތައް މިހާރު ދެ ގައުމުގެ ދެމެދުގައި ކުރަމުން އަންނަ ކަމަށެވެ.

އެ ދަތުރުފުޅާ ބެހޭ އެއްވެސް ތަފްސީލެއް ހީނާ ހާމައެއް ނުކުރައްވަ އެވެ.

ރައީސް މުއިއްޒު މީގެކުރިން ވެސް އިންޑިއާއަށް ވަޑައިގެންނެވި އެވެ. އެއީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިންވަނަ ދައުރަކަށް މަގާމުގެ ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތަށެވެ. އެކަމަކު، މިދިޔަ އަހަރުގެ ނޮވެމްބަރު 17 މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އަދި އެ ގައުމަށް ރަސްމީ ދަތުރުފުޅެއް ނުކުރައްވަ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ކުރީގެ ސަރުކާރުގެ ދުވަސްވަރު ހިންގި "އިންޑިއާ އައުޓް" ކެމްޕެއިނަށްފަހު ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމުން އިންޑިއާ އާއެކު އޮތް ގުޅުން ހީނަރުވި އެވެ. އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ކުޑައިމީސް ވާގޮތަށް މި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުތަކަކާ ގުޅިގެން ވެސް ދެ ގައުމުން ގޯސްވި އެވެ.

ނަމަވެސް ފަހަކަށް އައިސް ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅުވާން ފަށައިފަ އެވެ. އެގޮތުން ކުރީ ސަރުކާރުން އިންޑިއާ މެދުވެރިކޮށް ނެގި 50 މިލިއަން ޑޮލަރުގެ ލޯނެއް ދެއްކުން އެއް އަހަރަށް ދާދިފަހުން އިންޑިއާ އިން ވަނީ ފަސްކޮށްދީފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް