ads
ރައްޔިތުންގެ މަޖިލިސް
ޕީޖީ އައްޔަންކުރުމުގެ މަސައްކަތް މާދަމާރޭ ފަށަން ތާވަލުކޮށްފި
ހުސްވެފައިވާ ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމުގެ މަސައްކަތް މާދަމާރޭ ފަށަން ރައްޔިތުން މަޖިލީހުން ތާވަލުކޮށްފިއެވެ.
Advertisement

މަޖިލިސް މިވަގުތު ޗުއްޓީގައި އޮތުމުން މި ޖަލްސާ ބާއްވަން ޖެހޭނީ ދައުރުން ބޭރުން ބާއްވާ ޖަލްސާއެއްގެ ގޮތުގައެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވޭނީ މަޖިލީހުގެ 1/3 މެންބަރުންގެ ސޮއި ހަމަވެގެންނެވެ. 

މި އަދަދަށް ސޮައި ހަމަވެފައިވާތީ މި ޖަލްސާ މާދަމާ ރޭ ބޭއްވުމަށް ތާވަލުކޮށްްފައިވާކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ. 

މަޖިލިސް މިދިޔަ އޮގަސްޓްމަހު 22 ވަނަދުވަހު ޗުއްޓީއަށް ދިޔައީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކޮށްފައެވެ މަޖިލީސް ޗުއްޓީއަށް ނުގޮސް ދިގު ދަންމާލީ ޕީޖީގެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް އެ މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދާށެވެ. ޝަމީމް ވަކިކުރަންވެސްް މަޖިލީހުން ބޭއްވީ ވަކި ޖަލްސާއެކެވެ. 

ހުސްވެފައިވާ ޕީޖީކަމަށް ކުރިމަތިލާން ހުޅުވާލު ފުރުސަތު ހަމަވާނީ މާދަމާ މެންދުރޔ 12:00 އަށެވެ. މި މަގާމަށް ކުރިމަތިލުމުގެ ޝައުގުވެރިކަމުގައި ތިން ބޭފުޅަކު ވަނީ ކުށުގެ ރިކޯޑް ސާފުކޮށްފައެވެ. 

ކުށުގެ ރިކޯޑް ސާފުކުރި ބޭފުޅުން 

  1. ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ އައްބާސް ޝަރީފް
  2. ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް
  3. ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި ހިމެނުނު ގާނޫނީ ވަކީލު އާދަމް ޝަމީމް

ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނު ބުނާގޮތުން އެ މަގާމު ހުސްވާތާ 30 ދުވަސް ތެރޭގައި އެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން ޖެހެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް