އއ. ރަސްދޫގައި ރަޝިޔާއަށް ނިސްބަތްވާ ބަޔަކު ބަރަހަނާ ފިލްމުތަކެއް ކުޅެ، ވެބްސައިޓެއްގައި އާއްމުކޮށްފައިވާ ކަމަށް ބުނެ އެ ވާހަކަތައް ދަނީ ސޯޝަަލް މީޑިއާގައި ފެތުރެމުންނެވެ.
އެގޮތުން ރަސްދޫ ގޮނޑުދޮށާއި އާއްމު ތަންތަނާއި މަގުތަކުގައި ބަރަހަނާ އެކި މަންޒަރުތައް ކުޅެެފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ރިޕޯޓެއް އެ އިދާރާއަށް އަދި ލިބިފައިނުވާކަމަށެވެ. އެހެންނަމަވެސް އެވާހަކަތައް ދެކެވުމުން އަންނާތީ އެ މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.