ޕޯސްމޯޓަމް ހަދަން ޒަކިއްޔާ ހަށިގަނޑު މާލެ ގެނެސްފި
މުހައްމަދު އާދަމް އަހްމަދު
11 ސެޕްޓެމްބަރ 2024 - 08:12:30
ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މާލެ ގެނެސްފިއެވެ.
ޒަކިއްޔާ މޫސާގެ ގޭގައި ހުންނަ ގުދަނެއް ކައިރީ އޭނާ މަރުވެފައި އޮއްވާ ފެނުނީ އެގައިން ކުނި ނަގަން ވަން ބިދޭސީންގެ ބަޔަކަށެވެ. ޒަކިއްޔާ ފެނުނުއިރު އޮތީ ކަރުގައި ވަޅި އަޅާފައިކަމަށާއި އޭނާ ކައިރީ ބޮޑު ވަޅިއެއް އޮތްކަމަަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ވަނީ ބުނެފައެވެ.
މި މަރުގެ ތަހުގީގަށް ފުލުހުންގެ ފްރެންސިކް ޓީމެއް ރޭ ވަނީ ހޮޅުދޫއަށް ގޮސްފައެވެ. އަދި ޕޯސްޓްމޯޓަމަށް ހެދުމަށް ފޮނުވަން ޒަކިއްޔާގެ ހަށިގަނޑުވަނީ މާލެ ގެނެސްފައެވެ.
ޒަކިއްޔާ މަރުވި އިރު ފިރިއަކާއި ދެ ކުދިންގެ އިތުރުން މާމަ ދަރިން ވެސް އެބަ ތިއްބެވެ.
މި މަރާ ގުޅޭ އެއްވެސް ތަފްސީލެއް އަދި ފުލުހުން ނުދެއެވެ.
0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް