ads
އައްބާސް ޝަރީފް
ޕީޖީކަމަށް އައްޔަންކުރަން ރައީސް ފޮނުއްވަނީ އައްބާސްގެ ނަން
ހުސްވެފައިވާ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި އައްބާސް ޝަރީފު އައްޔަންކުރަން ނިންމަވާ އެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވަން ނިންމަވައިފިއެވެ.
Advertisement

ހުސްވެފައިވާ ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމުގެ މަސައްކަތް މިރޭ ފަށަން ރައްޔިތުން މަޖިލީހުން ވަނީ ތާވަލުކޮށްފައެވެ. 

ހުސްވެފައިވާ ޕީޖީކަމަށް ކުރިމަތިލާން ހުޅުވާލު ފުރުސަތު ހަމަވާނީ މިއަދު މެންދުރު 12:00 އަށެވެ. މި މަގާމަށް ކުރިމަތިލުމުގެ ޝައުގުވެރިކަމުގައި ތިން ބޭފުޅަކު ވަނީ ކުށުގެ ރިކޯޑް ސާފުކޮށްފައެވެ.  

ކުށުގެ ރިކޯޑް ސާފުކުރި ބޭފުޅުން 

  1. ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ އައްބާސް ޝަރީފް
  2. ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް
  3. ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި ހިމެނުނު ގާނޫނީ ވަކީލު އާދަމް ޝަމީމް

ސީއެންއެމަށް ޔަގީންކުރެވިފައިވާ ގޮތުން ޕީޖީގެ މަގާމަށް އައްޔަންކުރަން ރައީސް ޑރ. މުއއިއްޒު ނިންމަވާފައިވަނީ އައްބާސް ޝަރީފުއެވެ. އެ ނަން މިއަދު މަޖިލިހަށް ފޮނުއްވާނެއެވެ.  

ޕީޖީކަމަށަ އައްޔަންކުރަން ނަން ފޮނުއްވަން ނިންމާފައިވާ އައްބާސްވަނީ 2011 އިން 2015 ވަނަ އަހަރުގެ ސެޕްޓެންބަރު މަހާ ހަމައަށް ހައިކޯޓުގެ ފަނޑިޔާރުކަންވެސް ކުރައްވާފައެވެ.  

މަޖިލިސް މިދިޔަ އޮގަސްޓްމަހު 22 ވަނަދުވަހު ޗުއްޓީއަށް ދިޔައީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކޮށްފައެވެ މަޖިލީސް ޗުއްޓީއަށް ނުގޮސް ދިގު ދަންމާލީ ޕީޖީގެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް އެ މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދާށެވެ. ޝަމީމް ވަކިކުރަންވެސްް މަޖިލީހުން ބޭއްވީ ވަކި ޖަލްސާއެކެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް