ads
ފާމަސީއެއްގައި ބޭސް ވިއްކަން ބަހައްޓާފައި: ފޮޓޯ:ޕީއެސްއެމް
ބޮޑު ފައިދާގައި ޑޮކްޓަރީ ބޭސް ވިއްކުން ހުއްޓުވުމަށް ފިޔަވަޅުތަކެއް އަޅަނީ
ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް ވިއްކަނީ އިންތިހާއަށް ބޮޑު ފައިދާއަކާއެކުކަމަށާއި، ބޭސް ވިއްކުމުގައި އެވަރުގެ ބޮޑު ފައިދާ ނެގުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާގުޅުންހުރި އެންމެހައި މުއައްސަސާތަކަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އަންގަވައިފި އެވެ.
Advertisement

އެގޮތަށް އެންގެވިކަން ރައިީސް މުއިއްޒު ވަނީ އެކްސްގައި ހާމަކުރައްވައިފަ އެވެ. ރައީސް ވިދާޅުވީ ބޭސް އެތެރެކޮށް ރާއްޖޭގައި ވިއްކަނީ އެތައް ހާސް ގުނައެއް އިތުރަށް ފައިދާ ނަގާ މިންވަރުގައި ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި މި އަޅާ ފިޔަވަޅުތަކާ އެކު ބޭހުގެ ބާޒާރުގެ އަގާއި އާސަންދައިން ދައްކަން ޖެހޭ އަގު ވެސް ދަށްކުރެވޭނެ އެވެ. މި ބަދަލު ގެންނަން ހަމަޖެހިފައިވާ ތާވަލާއި އިތުރު ތަފްސީލުތައް ވަރަށް އަވަހަށް އިއުލާންކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް ވިއްކާ އަގުތައް ރާއްޖޭގެ ބާޒާރުގައި މިހާތަނަށް ހުރީ %200 އިން ފެށިގެން %2000 އާއި ދެމެދުގެ ފައިދާއެއް ނަގާ މިންވަރުގައި. ބޭސް ވިއްކުމުގައި މިވަރުގެ ބޮޑު ފައިދާ ނެގުން ހުއްޓުވުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާގުޅުންހުރި އެންމެހައި މުއައްސަސާތަކަށް މިހާރު ވާނީ އަންގާފައި," ރައީސް ވިދާޅުވި އެވެ.

ރާއްޖެއަށް އެތެރެކުރާ ބޭހާމެދު އާންމުންގެ ވަރަށް ބޮޑު ޝަކުވާއެއް އޮވެއެވެ. ބޭސް ލިބުމުގައި ހުންނަ ދަތިތަކުގެ ވާހަކައެވެ. އަދި ބައެއް ބޭސްތައް އަގުބޮޑުވުމާއި ކޮލިޓީގެ ޝަކުވާތަކެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭ އިން ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރިޔަސް ބޭސް ގަންނަން ޖެހެނީ ތިންވަނަ ފަރާތެއް މެދުވެރިކޮށެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް