ads
އައްބާސް ޝަރީފް
ޕީޖީއަށް އައްޔަންކުރަން ފޮނުއްވި އައްބާސްގެ ނަން ކޮމެޓީއަށް
ހުސްވެފައިވާ ޕްރޮސެކިއުޓާ ޖެނެރަލްކަމުގެ މަގާމަށް އައްޔަންކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި އައްބާސް ޝަރީފުގެ ނަން ކޮމެޓީއަށް ފޮނުވައިފި އެވެ.
Advertisement

ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ރައްޔިތުން މަޖިލީހުން މިރޭ ޖަލްސާ ބޭއްވީ ދައުރުގެ ބޭރުންނެވެ. މި ޖަލްސާ ބޭއްވުމަށް 50 މެމްބަރުން ވަނީ ސޮއިކޮށް ހުށައަޅާފަ އެވެ. 

ޕީޖީކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ތިން ބޭފުޅެއް އެ މަގާމަށް ޝައުގުވެރިކަން ފަޅުކުރިނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ އައްބާސް ޝަރީފުގެ ނަންފުޅު އެކަންޏެވެ. އޭނާ މިވަގުތު ހުންނެވީ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެންޑް ޕާލަމެންޓްރީ އެފެއާޒް ގެ މަގާމުގަ އެވެ. އެ މަގާމަށް އައްބާސް އައްޔަންކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި އެވެ.

އައްބާސްގެ ނަން ދިރާސާކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް ވަނީ ފޮނުވާފަ އެވެ. 76 މެމްބަރުން ބައިވެރިވި މިރޭގެ ޖަލްސާ ވަނީ 5 މިނެޓްގެ ތެރޭގައި ނިމިފަ އެވެ. 

ގާނޫނީ ދާއިރާގެ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވީ އައްބާސްވަނީ 2011 އިން 2015 ވަނަ އަހަރުގެ ސެޕްޓެންބަރު މަހާ ހަމައަށް ހައިކޯޓުގެ ފަނޑިޔާރުކަންވެސް ކުރައްވާފަ އެވެ.  

ޕީޖީކަމަށް ޝައުގުވެރިކަން ފާޅުކުރެއްވި އެހެން ބޭފުޅުން 

  • ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު
  • ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް

މަޖިލިސް މިދިޔަ އޮގަސްޓްމަހު 22 ވަނަދުވަހު ޗުއްޓީއަށް ދިޔައީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކޮށްފަ އެވެ މަޖިލީސް ޗުއްޓީއަށް ނުގޮސް ދިގު ދަންމާލީ ޕީޖީގެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް އެ މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދާށެވެ. ޝަމީމް ވަކިކުރަންވެސްް މަޖިލީހުން ބޭއްވީ ވަކި ޖަލްސާއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް