ads
ޑޮނަލްޑް ޑްރަމްޕް(ކ) އަދި ކަމަލާ ހެރިސް
ޓްރަމްޕަކީ "ބަލިކަށި" ކެންޑިޑޭޓެއް: ކަމަލާ
ރިޔާސީ އިންތިހާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަ ކުރައްވާ ޓްރަމްޕަކީ "ބަލިކަށި" ކެންޑިޑޭޓެއް ކަމަށް ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް އަދި ނައިބު ރައީސް ކަމަލާ ހެރިސް ވިދާޅުވެއްޖެ އެވެ.
Advertisement

ކަމަލާ މިހެން ވިދާޅުވީ ރޭ ފިލަޑެލްފިއާގައި 90 މިނެޓަށް ދެމިގެންދިޔަ ޓީވީ ބަހުސްގައި އެވެ.

އޭބީސީ ނޫހުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މި ބަހުސްގައި ކަމަލާ ވަނީ ޓްރަމްޕަށް ހޫނު ބަހުގެ ހަމަލާތަކެއް ދެއްވައިފަ އެވެ.

ދެހާސް ސޯޅަވަނަ އަހަރު ޓްރަމްޕް ވެރިކަމަށް ވަޑައިގަތުމަށްފަހު، އޭނާއަށް އެހީތެރިވި ގިނަ ބަޔަކު ޓްރަމްޕާ ދުރަށް ވަޑައިގެންނެވި ކަމަށް ކަމަލާ ވިދާޅުވި އެވެ.

އަދި ޓްރަމްޕަކީ "ބަލިކަށި" ކެންޑިޑޭޓެއް ކަމަށް ވިދާޅުވެ، އެމެރިކާގެ ލީޑާޝިޕާމެދު މުޅި ދުނިޔެ ހޭނެ ކަމަށް ޓްރަމްޕް ވިދާޅުވި ވިދާޅުވުން، އެމަނިކުފާނަށް އަމާޒުކުރެއްވި އެވެ.

ކަމަލާ ފެށުނީއްސުރެ ވެސް ގެންދެވީ ރިޕަބްލިކަން ޕާޓީގެ ވާދަވެރިޔާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، އޭނާގެ ޖިނާއީ ޝަރީއަތްތަކާއި ކޮވިޑް-19ގެ ބަލިމަޑުކަމާ މެދު އަމަލުކުރެއްވި ގޮތާ މެދު ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

ގައުމުތަކުގެ ހުދުމުހުތާރު ވެރިން އަނެއްކާވެސް ރައީސް ކަމަށް ޓްރަމްޕް ހޮއްވަވަން ބޭނުންފުޅުވާކަން އެނގިވަޑައިގަންނަވާކަމަށާއި، އެކި ކަހަލަ ހަދިޔާތައް ދީގެން އެމީހުން ބޭނުންވާ ކަންކަން ޓްރަމްޕް ލައްވާ ކުރުވާނެ ކަމަށް ވެސް އެ ކަމަނާ ވިދާޅުވި އެވެ.

ކަމަލާ އަކީ މިހާރުގެ ރައީސް ޖޯ ބައިޑަން ސަރުކާރުގެ ނައިބު ރައީސް އެވެ. ކަމަލާ އަށް ރިޔާސީ ޓިކެޓް ލިބިވަޑައިގަތީ ޖޯ ބައިޑަން އިންތިހާބު ދޫކޮށްލެއްވުމުންނެވެ.

ޑޮނަލްޑް ޓްރަމްޕް އަކީ ރިޕަބްލިކަން ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓެވެ. އޭނާ ވަނީ މީގެ ކުރިން އެމެރިކާގެ ރައީސްގެ މަގާމު ހަތަރު އަހަރު -- އެއްދައުރު ފުރިހަމަކުރައްވާފަ އެވެ. އޭނާ މިފަހަރު ވާދަކުރައްވަނީ ރައީސްކަން ކުރައްވާ ކޮންމެ ބޭފުޅަކަށް ގާނޫންއަސާސީ ލިބިދޭ ދެވަނަ ދައުރަށެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު އޮންނާނީ މި އަހަރުގެ ނޮވެމްބަރު މަހުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް