ads
ހުޅުމާލެ ތެރޭގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތަކެއް އެޗްޑީސީން ނަގަނީ
ހުޅުމާލޭގައި ހުރި ވެހިކަލްތައް ޓޯކޮށް، އެހެންތަނަކަށް ގެންދަނީ
ހުޅުމާލޭގައި ގަވައިދާ ހިލާފަށް ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައި ހުރި ވެހިކަލްތައް ޓޯ ކުރަން މާދަމާ ފަށާނެކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
Advertisement

ފުލުހުން ބުނީ ހުޅުމާލޭގެ މަގުތަކާއި ގޯޅިތަކުގައި ގަވާއިދާ ހިލާފަށް، ގިނަ ދުވަސް ވަންދެން ބަހައްޓާފައިހުރި އުޅަނދުތައް އެހެން ސަރަހައްދަކަށް ބަދަލު ކުރުމާއި ޓޯވ ކުރުމުގެ މަސައްކަތް ފަށަން ނިންމާފައިވާކަމަށެވެ. 

ޓްރާންސްޕޯޓް މިނިސްޓްރީއާ އެޗްޑިސީއާއި ގުޅިގެން ކުރާ މި މަސައްކަތް މާދަމާ ހެނދުނު 08:00 ގައި ފަށާނެކަމަށްވެސް ފުލުހުން ބުނެއެވެ.

ފުުހުހުން ޓޯ ކުރާ އުޅަނދުތައް ބާއްވަން އެޗްޑީސީން ދާފި ފަހުން ވަނީ ހުޅުމާލެއިން ބިމެއް އެޗްޑީސީއަށް ދީފައެވެ. ހުޅުމާލޭ ސަހަރާ ކުރިމަތިން އޮންނަ ހުސް ބިމުން 40،000 އަކަފޫޓު ބޭނުން ކުރާނީ ފުލުހުން ޓޯ ކުރާ ވެހިކަލްތައް ބޭއްވުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް