ads
ރައީސް މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ
ރާއްޖޭއަށް ދިމާވެފައިވާ މާލީ ދަތިކަމަށް އެހީވާން ތައްޔާރު: އިންޑިއާ
ރާއްޖެއަށް ދިމާވެފައިވާ މާލީ ދަތިކަމަށް އެހިވާން މާލީ އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް އޮތްކަމަށް އިންޑިއާގެ ސާރުކާރާއި ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.
Advertisement

އިންޑިއާގެ މީޑިއާތަކުން މިގޮތަށް ރިޕޯޓްކޮށްފައި މިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް އަވަހަށް އިންޑިއާއަށް ދަތުރެއްކުރައްވަން ހަމަޖެހިފައިވާކަމަށް މިދިޔަ ހަފްތާގައި ސަރުކާރުން ހާމަކޮށްފައިވަނިކޮށެވެ. 

އިންޑިއާގެ ނޫސްތައް ބުނާގޮތުން ރައީީސް ޑރ. މުއިއްޒުގެ މި ދަތުރުފުޅަކީ މާލީ ދަތިކަމުން އަރައިގަތުމަށް ފައިސާގެ އެހީ ހޯދުމަށް އިންޑިއާގެ އިސް އޮފިޝަލުންނާއި މަޝްވަރާ ކުރައްވަން ކުރައްވާ ދަތުރުފުޅެއްކަމަށެވެ. 

އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވަނީ ސަރަހައްދީ ގައުމުތަކަށް ހުޅުވާލާފައިވާ ރިޒާވް ބޭންކް އޮފް އިންޑިއާގެ ކަރަންސީ ސްވޮޕް ޕްރޮގްރާމްގެ ދަށުން ރާއްޖެއަށް ލިބެން ހުރި 400 މިލިއަން ޑޮލަރުގެ މަސައްކަތްތައް ކުރިޔަށް ގެންދާކަމަށެވެ. އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރަށް ދިން 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދިގު މުއްދަތުގެ ލޯނު ހޯދުމުގެ ފުރުސަތުވެސް މި ސަރުކާރަށް އޮތްކަމަށް އިންޑިއާގެ ސަރުކާރާއި ހަވާލާދީ އެގައުމުގެ ނޫސްތަކުން ބުނެއެވެ. 

ރައީސް އިންޑިއާއަށް ކުރައްވަން ތައްޔާރުވަމުން ދަތުރާއި ގުޅޭ ތަފްސީލެއް ދިވެހި ސަރުކާރުން އަދި ދީފައެއް ނުވެއެވެ. 

ރާއްޖޭގެ މާލީ ހާލަތު ރަނގުކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތުގެ ދަށުން ސާކް ފްރޭމްވާކްގެ ދަށުން ރިޒާވް ބޭންކް އޮފް އިންޑިއާ އާއެކު 400 މިލިއަން ޑޮލަރުގެ ފޮރިން ކަރަންސީ ސްވޮޕް އެރޭންޖްމަންޓެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭއިން ވަނީ ބުނެފައެވެ. އަދި މި މަސައްކަތުގެ ފަންނީ ހުރިހާ މަސައްކަތެއް ނިމި ސޮއި ކުރުމާއި ހަމައަށް ދެވިފައިވާކަންވެސް އެ ބޭންކުން ވަނީ ހާމަކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް