ads
ޕީއެންސީ ހަރުގެ ހުޅުވުމަށް ބޭއްވި ޖަލްސާގެ ތެރެއިން
ދެން ފެންނާނީ ޑިމޮކްރަސީގެ މުޅީން އާ ބާބެއް: ޕީއެންސީ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްލާހީ ފިޔަވަޅުތަކާ އެކު ރާއްޖޭގައި ދެން ފެނިގެންދާނީ ޑިމޮކްރެސީގެ މުޅިން އާ ބާބެއް ކަމަށް ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ބުނެފިއެވެ.
Advertisement

އެޕާޓީން މިހެން ބުނީ މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ ޑިމޮކްރެސީ ދުވަހުގެ މުނާސަބަތުގައި ނެރުނު ބަޔާނެއްގައެވެ. 

ވެރިކަން ކުރާ ޕީއެންސީ ބުނީ އެއް ޕާޓީއަށް ވުރެ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު ރާއްޖެއަށް ތައާރަފުވެގެން ދިޔަތާ 16 އަހަރުވެފައިވާއިރު ދޫސްތޫރީ ގޮތުންނާއި އިދާރީ ގޮތުން މުހިއްމު ބަދަލުތަކެއް ގެންނަން ޖެހޭއިރު  ހުރީ އެ ބަދަލުތައް ނުގެނެވި ކަމަށެވެ. އެހެންނަމަވެސް ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު އެ ބަދަލުތައް ގެނައުމުގެ މަސައްކަތް ފައްޓަވާފައިވާކަމަށް އެ ބަޔާނުގައި ވެއެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވާ ގޮތަށް އޮތް އޮތުން ބަދަލު ކުރުމާއި ބޮޑެތި އިންތިހާބުތައް ވަކިވަކިން އޮތް އޮތުން އިންތިހާބުތައް އެއްކޮށް ބާއްވާ ގޮތަށް ނިޒާމު ބަދަލު ކުރުން ފަދަ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. އަދި އެކަންކަމަކީ ޑިމޮކްރަސީ އިތުރަޑް ހަރުދަނާވެ ދައުލަތުގެ ހިންގުން އިސްލާހުވާނެކަމަށް ޕީއެންސީގެ ބަޔާނުގައިވެއެވެ. 

މީގެ އިތުރުން ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެޑައިގެން ފަހުން ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ދިވެހި ދައުލަތުގެ ސިފަތައް ވަރުގަދަކޮށް ހަރުދަނާ ކުރުމަށް ގިނަ ފިޔަވަޅުތައް އަޅާފައިވާކަމަށް ޕީއެންސީގެ ބަޔާނުގައިވެއެވެ.

" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ދައުލަތް ހިންގުމަށް ގެންނަވާފައިވާ އިސްލާހީ ބަދަލުތަކާއި ހިފައްޓަމުން ގެންދާ އަހްލާގީ މިންގަނޑުތަކާއި ގެންގުޅޭ ހަރުދަނާ އިގްތިސާދީ އިޖުތިމާއި ސިޔާސަުތަކާއި އެކު ދިވެހިރާއްޖޭގެ ތާރީހުގައި ފެނިގެންދާނީ ޑިމޮކްރަސީގެ މުޅިން އާ ބާބެއް. " ޕީއެންސީގެ ބަޔާނުގައި ވެއެވެ.

ރާއްޖޭގެ ކަންކަން ނިންމަނީ ދިވެހިންގެ އަމިއްލަ ވިސްނުމާއި އެއްގޮތަށް ކަން ކަށަވަރު ކުރުމަށްޓަކައި  " މޯލްޑިވްސް ފަސްޓު " ސިޔާސަތު ތައާރަފް ކޮށް ކޯޓުތަކަާއި ޝަރުއީ ދާއިރާ މިނިވަންކަމާ އެކު މަސައްކަތް ކުރެވޭނެ ކަން ކަށަވަރުކޮށް ދީފައިވާކަމަށްވެސް ވެރިކަން ކުރާ ޕީއެންސީ ނެރުނު ބަޔަނާގައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް