ads
އައްބާސް ޝަރީފް
އައްބާްސް ޕީޖީއަކަށް އައްޔަންކުރަން ކޮމެޓީން ރުހިއްޖެ
ހުސްވެފައިވާ ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމަށް އައްބާސް ޝަރީފް އައްޔަން ކުރަން ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން މިއަދު ފާސްކޮށްފި އެވެ.
Advertisement

ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެންޑް ޕާލަމެންޓްރީ އެފެއާޒް ގެ މަގާމުގައި ހުންނެވި އައްބާސް ޝަރީފް ކޮމެޓީން ދިން މާކްސްގެ އިންސައްތަ އަކީ 93.91 އެވެ. އައްބާސް ޕީޖީކަމަށް އައްޔަންކުރަން ފެންނަކަމަށް ކޮމެޓީން ރުހުން ދިނީ ކޮމެޓީގެ އިއްތިފާގުންނެވެ. އޭގެތެރޭގައި އިދިކޮޅު އެމްޑީޕީގެ މެމްބަރުންވެސް ހިމެނެެ އެވެ.  

މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން މިއަދު ވަނީ އައްބާސް ކޮމެޓީއަށް ހާޒިރުކޮށް އިންޓާވިއު ކުރިޔަށް ގެންގޮސްފައެވެ. 

އިންޓާވިއުގައި ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވީ ދިވިރާއްޖޭގެ ޕްރޮސެކިއުޓާ ޖެނެރަލް ކަމުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިނަމަ ގިނައިން ދައުވާކުރުމަށްވުރެ ބޮޑަށް ބޭނުންވަނީ ކުށް މަދުކުރަންކަމަށެވެ. 

އައްބާސް ވިދާޅުވީ މަސައްކަތް ކުރާނީ ރާއްޖޭގައި އޮތް ޖިނާއީ އަދުލުގެ ނިޒާމު އިސްލާހުކޮށް ހުރިހާ ސްޓޭކް ހޯލްޑަރުންނާގުޅިގެންކަމަށެވެ. އަދި ގިނައިން ދައުވާކުރުމަށްވުރެ ދައުލަތުގެ މުއައްސަސާތައް ގުޅިގެން ކުށް މަދުކުރެވޭނެ އުސޫލަކުން މަސައްކަތް ކުރައްވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އައްބާސްވަނީ ޖުޑީޝަރީގެ ދާއިރާގައި މަސައްކަތް ކުރެއްވިއިރުގެ ބައެއް ތަޖުރިބާތައްވެސް ކޮމެޓީއާ ހިއްސާކުރައްވާފައެވެ. 

ގާނޫނީ ދާއިރާގެ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވީ އައްބާސްވަނީ 2011 އިން 2015 ވަނަ އަހަރުގެ ސެޕްޓެންބަރު މަހާ ހަމައަށް ހައިކޯޓުގެ ފަނޑިޔާރުކަންވެސް ކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް