މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 42 އަހަރުގެ ދިވެހި ފިރިހެނެކެވެ. މީނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން ކޯޓުން 30 ދުވަސް ޖަހާދީފައިވާކަމަށް ފުލުހުން ބުނެއެވެ.
މާލޭގައި ބައްޕައަކު ދެ އަންހެން ދަރިންނަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުވެ މި މައްސަލަ ބަލަން ފެށިކަމަށް ފުލުހުން ބުނީ އިއްޔެއެވެ.
ފުލުހުން މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައި ބުނީ ބައްޕައަކު އޭނާގެ ދެ އަންހެން ދަރިންނާއި ބެހުނު މައްސަލައެއް ރިޕޯޓްކޮށްފައިވާކަމަށެވެ. އަދި އެމީހާ އިތުރު ކުއްޖަކާއި ބެހުނުކަމަށް ތުހުމަތު ކުރެވޭކަމަށްވެސް ފުލުހުން ބުނެއެވެ.
މި މީހާ އިއްޔެ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނެއެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.