މި މަސްރޫއަށް އިންވެސްޓް ކުރަން ސައުގުވެރިވާ ފަރާތްތަކަށް އަންނަ ހަފްތާގައި ފުރުސަތު ހުޅުވާލުމަށް ނިންމާފައިވާއިރު، ޖޮއިންޓް ވެންޗަރ އުސޫލުންނާއި، ކޮންޓްރެކްޓަރ ފައިނޭންސް އަދި ޕަބްލިކް ޕްރައިވެޓް ޕަރޓްނަރޝިޕްގެ އުސޫލުން އިންވެސްޓަރުންނަށް ފުރުސަތު ހުޅުވާލުމަށް ވަނީ ހަމަޖެހިފަ އެވެ.
މި މަސްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ކުރަންޖެހޭ ބައެއް މަސައްކަތްތައް ކުރުމަށްޓަކައި މަސްރޫއުގެ ކޮންސަލްޓެންޓް މިއަދު ވަނީ އައްޑޫ ސިޓީއަށް ވަޑައިގެންފަ އެވެ.
ގާމެންޓް ފެކްޓްރީ ގާއިމް ކުރަން ބޭނުންވާ ބިން ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި އައްޑޫ ސިޓީ ކައުންސިލާއި ބީސީސީއާ ދެމެދު ސޮއި ކޮށްފައިވަނީ 9 ޖޫން 2024 ގައެވެ. ގާމެންޓް ފެކްޓްރީ ގާއިމް ކުރުމަށްޓަކައި އައްޑޫ ސިޓީ ކައުންސިލުން ބީސީސީއަށް ކުއްޔަށް ދީފައިވަނީ 30،000 އަކަފޫޓުގެ ބިމެކެވެ.
މި މަސްރޫއާއެކު، ރާއްޖެއަށް އެތެރެކުރާ ފޭރާމުގެ ބާވަތްތައް މަދުކޮށް، ވަޒީފާގެ އިތުރު ފުރުސަތުތައް ފަހިކުރުމަކީ ބީސީސީގެ އަމާޒަކަށް ވަނީ ވެފަ އެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުގެ އިސްނެންގެވުމާއެކު ބީސީސީން ތަރައްގީ ކުރާ މި ފެކްޓްރީ ވެގެންދާނީ، ފެހުމުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ވިޔަފާރިތަކަށް ފުރުސުތު ފަހިވުމާއެކު، އަދުގެ ސަރުކާރުގެ ސިނާއީ ތަރައްގީގެ ހެޔޮ ބަދަލު ބާރު ދުވެލީގައި އައްޑޫ ސިޓީއާއި މުޅި ރާއްޖެއިންވެސް ފެނިގެންދާނެ ކަމަކަށެވެ.