ads
އައްބާސް ޝަރީފް
ޕީޖީކަމަށް އައްބާސް އައްޔަންކުރަން މަޖިލީހުން ރުހުން ދިނުން މާދަމާ
ހުސްވެފައިވާ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އައްބާސް ޝަރީފު އައްޔަންކުރަން ރުހުން ދިނުމަށް މާދަމާ ޖަލްސާއެއް ބާއްވަން ތާވަލުކޮށްފިއެވެ.
Advertisement

ޕީޖީކަމަށް އައްބާސް އައްޔަންކުރުމުގެ ހުރިހާ މަސައްކަތެއް ކުރިޔަށް މި ދަނީ މަޖިލީހުގެ ދައުރުން ބޭރުންނެވެ. މާދަމާ އޮންނާނީ ދައުރުން ބޭރުން ބާއްވާ ތިންވަނަ ޖަލްސާއެވެ. 

މަދަމާ ހެނދުނު 09:00 ޖަހާއިރު އޮންނަ ޖަލްސާއަށް ޕްރޮސިކިއުޓާ ޖެނެރަލްގެ މަޤާމަށް އައްޔަންކުރަން ރައީސް ޑރ. މުއިއްޒު ފޮނުވި މައްސަލައިގައި، ޖުޑީޝިއަރީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު އިއްވާ ވޯޓަށް އަހަން ވަނީ އެޖެންޑާކޮށްފައެވެ. 

އައްބާސް ޝަރީފް ޕީޖީކަމަށް ްއައްޔަން ކުރަން ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން މިއަދު ވަނީ ފާސްކޮށްފައެވެ. ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެންޑް ޕާލަމެންޓްރީ އެފެއާޒް ގެ މަގާމުގައި ހުންނެވި އައްބާސް ޝަރީފް ކޮމެޓީން ދިން މާކްސްގެ އިންސައްތަ އަކީ 93.91 އެވެ. އައްބާސް ޕީޖީކަމަށް އައްޔަންކުރަން ފެންނަކަމަށް ކޮމެޓީން ރުހުން ދިނީ ކޮމެޓީގެ އިއްތިފާގުންނެވެ. އޭގެތެރޭގައި އިދިކޮޅު އެމްޑީޕީގެ މެމްބަރުންވެސް ހިމެނެެ އެވެ.

މާދަމާގެ މަޖިލީހުގައި ކުންފުނިތަކުގެ ގާނޫނަށް ސަރުކާރުން ހުށައެޅި އިސްލާހުތަކަށްވެސް ވޯޓަށް އަހަން ވަނީ ތާވަލުކޮށްފައެވެ. މި ބިލު މިއަދު މަޖިލިހަށް ހުށައަޅާ 10 މިނެޓްތެެރޭ ބިލު ދިރާސާކޮށް ނިންމާ ކޮމެޓީން ވަނީ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކުރަން ފެންނަކަމަށް ނިންމާފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް