މި މުބާރާތުގައި ކުޅޭ ދިވެހި ދެ ކްލަބަކީ ވެމްކޯ އަދި ޕޮލިސް ކްލަބެވެ. ރޭ ވެމްކޯ މޮޅުވީ ޕޮލިސް ކްލަބާ ވާދަކޮށް ފަސޭހަ ކަމާއެކު ސީދާ ތިން ސެޓުންނެވެ. ސެޓްތައް ގެންދިޔައީ 25-15، 25-18 އަދި 25-20 އިންނެވެ.
ވެމްކޯ އިން މުބާރާތް ހުޅުވަން ކުޅުނު މެޗުގައި ލަންކާގެ އެއާފޯސް ކްލަބާ ދެކޮޅަށް ކުޅެ ފަހަތުން އަރައި 3-1 ސެޓުން ކާމިޔާބު ކޮށްފަ އެވެ. އަދި ޕޮލިސް ކްލަބުން ވަނީ އާދިއްތަ ދުވަހުގެ ރޭ ސީދާ ތިން ސެޓުން ތަޖިކިސްތާންގެ ވީސީ ޑިއަމެޑް ބަލިކޮށްފަ އެވެ.
ހަ ކްލަބް ވާދަކުރާ މި މުބާރާތުގެ ލީގު ބުރުގައި، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެކޮޅަށް ކުޅެ، އެއްވަނަ އަދި ދެވަނަ ހޯދާ ޓީމެއް މުބާރާޓުގެ ފައިނަލަށް ހޮވޭނެ އެވެ. ތިންވަނަ އަދި ހަތަރުވަނައަށްދާ ޓީމު ތިންވަނަ ހޮވަން ބްރޯންޒް މެޑަލް މެޗު ކުޅޭ އިރު، ބާކީ ދެ ޓީމުގެ މެދުގައި ވެސް ރޭންކިން މެޗެއް ކުޅޭނެ އެވެ.