ads
މެލޭޝިއާ އެއާލައިނުން އެތެރެވި މީހާގެ އަތުން އަތުލައިގަތް ޑްރަގްސް. - ފޮޓޯ: ކަސްޓަމްސް
ރާއްޖެ އެތެރެކުރަން އުޅުނު 3.5 ކިލޯގެ މަސްތުވާތަކެތި އަތުލައި، ދިވެއްސަކު ހައްޔަރު
ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 3.5 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި އެވެ.
Advertisement

ކަސްޓަމްސްއިން ބުނީ ފެނިފައިވަނީ މަސްތުވާތަކެތީގެ ބާވަތްތައްކަމަށްވާ ހެރޮއިން، މެތްއެމްފެޓަމިން އަދި ސިންތެޓިކް ކެތިނޯންކަމަށެވެ.

އެގޮތުން ހެރޮއިންގެ 3.05 ކިލޯގްރާމް، މެތްއެމްފެޓަމިން 315 ގްރާމް އަދި ސިނެތެޓިކް ކެތިނޯން 215 ގްރާމް ވަނީ ހޯދާފައެވެ. މި ތަކެތީގެ ޖުމްލަ ބަރުދަނުގައި 3.58 ކިލޯގްރާމް ހުއްޓެވެ.

ކަސްޓަމުން ބުނި ގޮތުގައި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަން އެ މީހާ އާއި އަތުލައިގަތް ޑްރަގްސް ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް