ads
މިނިސްޓަރު ޝަހީމް
އަނބިކަނބަލުން ބުނާގޮތް ނަހާދަކަމަށް މީހުން ކައިރީ ވިދާޅުވަމުން ހިންގަވަނީ އިޔާޒު : ޝަހީމް
އަނބިކަނބަލުން ބުނާގޮތް ނަހަދާކަަމަށާއި ކޮންޓްރޯލްނުވާކަމަށް ވިދާޅުވެ ޑރ. އިޔާޒު އަމިއްލަފުޅަށް މީހުން ގާތުގައި އެވާހަކަ ދައްކަމުން ހިންގަވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
Advertisement

ޑރ ޝަހީމް މިހެން ވިދާޅުވީ ޑރ. މުހައްމަދު އިޔާޒުގެ އަނބިކަނބަލުން ވަރިކުރަން އެނގިކަމަށް ބުނެ ދެކެވެނު ވާހަކަތަކާއި ގުޅިގެން ނޫސްވެެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. 

މިނިސްޓަރު ޝަހީމް ވިދާޅުވީ ޑރ. އިޔާޒަށް އެއްވެސް ގޮތަކަށް ނުގުޅާތާ އެތައް ދުވަހެއް ވެފައިވާކަމަށެވެ. އަދި ޑރ އިޔާޒުގެ އަނބިކަނބަލުން ވަރިކުރަން އެއްވެސް ގޮތަކަށް ބުނެފައި ނުވާނެކަމަށް ޑރ ޝަހީމް ވިދާޅުވިއެވެ. 

" އަޅުގަނޑު ޑރ އިޔާޒަށްް ސީދާކޮށް ޑައިރެކްޓްކޮށް ނުގުޅާތާ އެތައް ދުވަހެއް ވެއްޖެ. ދެން ކީއްވެގެންތީ އަޅުގަނޑު ވަކި އޭނަ ކައިރީ ބުނަންވީ އޭނާ އަންހެނުން ވަރިކުރާށޭ. ޑރ. އިޔާޒު މީސްމީހުން ކައިރީ ކިޔަމުންދަނީ ތިމަންނަ އަންހެނުން ތިމަނައަށް ކޮންޓްރޯލެއް ނުވެޔޭ ތިމަންނަ ބުނާ ބަހެއް އޭނަ ނާހައޭ. އެހެންވީމާ ދެން މީހަކު ބުނެދާނެދޯ ޑރ އިޔާޒަކީ ނުލާހިކު މާތް ބޭފުޅެއް އެކަހަލަ ބަސްނާހާ ކުއްޖަކާއި އެކު އުޅޭކަަށް ނުވާނޭ. އޭގެ މާނައަކީ އަދި ސަރުކާރުގެ ފަރާތުން އޭނައަށް އެންގީކީ ނޫން ދެއްތޯ." އިޔާޒަށް ރައްދުދެއްވާ ހެމުން ޑރ ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމްގެ މިވާހަކަތައް ޑރ އިޔާޒު ވަނީ ދޮގުކުރައްވާފައެވެ. އިޔާޒު ވިދާޅުވީ އޭނާގެ އަނބިކަނބަލުން ބަސް ޤަބޫލު ނުކުރާ ވާހަކަ މީހުން ގާތު ދައްކާ ކަމަށް ބުނެވެސް ޝަހީމް ހެއްދެވ ބޮޑު ބުހުތާނު ދޮގެއްކަމަށްވެސް ޑރ. އިޔާޒު ވިދާޅުވިއެވެ. 

އިތުރަށް ކިޔާލުމަށްް؛ އެމްބަސީތައް ކައިރިޔަށް ނުދާން އަންގާ ޝާދިޔާއާއި ޝަޒްރާގެ ދޫކޮށްލައިފި

މިނިސްޓަރު ޝަހީމް ވިދާޅުވީ ޑރ އިޔާޒުގެ އަނބިކަނބަލުން އާއިޝަތު ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހީމް ހައްޔަރުކުރީ ފަލަސްތީނުގެ ވާހަކަ ދައްކައިގެންކަމަށްް ގަބޫލު ނުކުރައްވާކަމަށެެވެ. ސަބަބެއްކަމަށްް ޑރ. ޝަހީމް ވިދާޅުވީ ރާއްޖޭގައި ފަލަސްތީނާއި އެއްކޮޅަށް އެތައް މުޒާހަރާތައް ބާއްވާއިރު މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާތީކަމަށެވެ. 

" ދުނިޔޭގެ ގާނޫނުގައިވެސް މަނާކަމެއް އެއީ ސަފީރުން ތިބޭ ގޭގެއަށް ގޮސް އެއްޗެހި އެޅުން. އެއްވެސް ގައުމެއްގައި އެކަމެއް އެހެނެއް ނުކުރެވޭނެ. ... ވަކި ގައުމެއްގެ ސަފީރަކަށް ޓާގެޓްކޮށްގެން އެބޭފުޅާގެ ގޭ ދޮށަށް ގޮސް ރޭގަނޑު ފަތިހު ފަތިސް ނަމާދުން ފައިބާ ގޮތަށް ގޮސް އަޑުގަދަކޮށް އެގޭގައި ތިބި ކުޑަކުދިންނަށް ދާންދެން އުނދަގޫކުރުން މީކީ އިސްލާމް ދީނުގައި މިކަން އޮންނަ ގޮތެއް ނޫން." ޝަހީމް ވިދާޅުވިއެވެ.

ޑރ ޝަހީމް ވަނީ ޑރ އިޔާޒަށް ގުޅާ އޭނާގެ އަނބިކަނބަލުން ވަރިކުރަން ބުނިކަމުގެ ހެކި ދެއްކުމަށް އިޔާޒަށް ގޮވާލާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް