ads
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރި ކިއޮސްކުތައް - ފޮޓޯ: އެޗްޑީސީ
ހުޅުމާލެ 2 ގެ ކިއޮސްކުތައް ލިބޭ ބައެއް ބެލުމަށް ގުރުއަތު ނަގަނީ
ހުޅުމާލެ 2 ގައި ހަޓުތައް ހިންގި ސަރަހައްދުގައި ހެދި ކިއޮސްކުތައް ކުއްޔަށް ހިފަން ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ މެދުގައި ގުރުއަތު ނެގުމަށް ހަމަޖެހިއްޖެ އެވެ.
Advertisement

މި ކިއޮސްކުތައް ކުއްޔަށް ދެނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. ކުލީގެ ގޮތުގައި މަހަކު 3،500ރ. ދައްކަން ޖެހެ އެވެ. އަދި އެކުއިޒިޝަން ފީގެ ގޮތުގައި 5،000ރ. ވެސް ނަގާއިރު، ލީސް ޑިޕޮސިޓްގެ ގޮތުގައި 10،500ރ. ވެސް ދައްކަން ޖެހެ އެވެ.

ކިއޮސްކުތައް ހިންގުމަށް ގުރުއަތުން ހޮވޭ 20 މީހުންގެ އިތުރުން ވެއިޓްލިސްޓެއްގެ ގޮތުގައި އިތުރު 10 މީހަކު ހޮވާނެ އެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ޝަރުތު ހަމަވާ މީހުންގެ މެދުގައި ގުރުއަތު ނެގުން އޮންނާނީ އަންނަ އާދިއްތަ ދުވަހު 10:00 ގައި އުމަރު ޒާހިރު އޮފީސް އިމާރާތުގެ ހަ ވަނަ ފަންގިފިލާގައި ކަމަށެވެ. ޝަރުތު ހަމަވާ ހުރިހާ އެންމެން ގުރުއަތު ނެގުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ދައުވަތު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އެޗްޑީސީގެ އިއުލާންގައި ވަނީ ގުރުއަތުން ހޮވޭ މީހުންގެ ނަންތައް އިއުލާން ކުރުމުން އިވެންޓު ހޯލްގައި ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވާ ކައުންޓަރަށް އެކުއިޒިޝަން ފީގެ ގޮތުގައި ކަނޑައަޅާފައިވާ ފައިސާ ވަގުތުން ދައްކަން ޖެހޭނެ ކަމަށެވެ. 

އަދި ނަން އިއުލާން ކުރުމުން ފައިސާ ދައްކަން ކައުންޓަރަށް ހާޒިރު ނުވާ މީހުންގެ ނަން ލިސްޓުން އުނިކޮށް އެހެން މީހެއްގެ ނަން ގުރުއަތުން ނަގާނެ ކަމަށް އިއުލާންގައިވެއެެ.

ގުރުއަތު ނެގުން ކުރިއަށްދާ ވަގުތު ޝަރުތު ހަމަވާ މީހާ އަށް ބައިވެރިވެވެން ނެތް ނަމަ، އޭނާގެ ބަދަލުގައި އަންނަ ފަރާތެއްގެ މައުލޫމާތު އެޗްޑީސީއާ ހިއްސާ ކުރަން ޖެހޭނެ އެވެ. 

މިކަމާ ގުޅޭ އިތުރު މައުލޫމާތު އެޗްޑީސީގެ 1516 ނަންބަރަށް ގުޅުމުން ލިބޭނެ ކަމަށް އެޗްޑީސީގެ އިއުލާންގައިވެ އެވެ.

ކިއޮސްކް ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރާތާ 15 ދުވަހުގެ ތެރޭގައި އެތަނުން ހިދުމަތް ދޭން ފަށަން ޖެހޭނެ އެވެ. އަދި ކިއޮސްކުގެ ހިދުމަތް ދެވޭނީ ކޮންމެ ދުވަހެއްގެ ހެނދުނު 7:00 އިން ރޭގަނޑު 11:00 ގެ ނިޔަލަށެވެ.

ހުޅުމާލެ 2 ގެ ރުއްގަނޑާއި ބީޗު ސަރަހައްދުގައި ކުރިން ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ހަޓުތައް ހަދައި ކާބޯތަކެތި ވިއްކި އެވެ. ނަމަވެސް އެއީ އެއްވެސް ހުއްދައެއް ނެތި ކުރަމުން ދިޔަ ކަމަކަށް ވާތީ އެޗްޑީސީން ވަނީ އެކަން ހުއްޓުވައި ހަޓުތައް ނަގައި އެތަން ސާފުކޮށް ކިއޮސްކް ހިންގާނެ ޖާގަ ހަދައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް