ads
އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވާހަކަ ދައްކަވަނީ. --- ފޮޓޯ: ރައީސް އޮފީސް
ޔޫއެންގެ ސައިޑް އިވެންޓުގައި އިޔާދަކުރަނިވި ހަކަތައިގެ ވާހަކަ ރާއްޖޭން ދައްކަނީ
އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގެ ސައިޑް އިވެންޓްގައި ރާއްޖޭގެ އިޔާދަކުރަނިވި ހަަކަތާގެ ވާހަކަ ގެންނަން ހަަމޖެހިފައިވާކަަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
Advertisement

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް ވިދާޅުވީ ވޯލްޑް ބޭންކްގެ ފަރާތުން ސްޕޮންސާ ކުރައްވާ ސައިޑް އިވެންޓްގެ ނަަމަކީ "ރިނިއުބަލް އެނާޖީ ޓްރާންސިޝަން ފޯ ސިޑްސް:މޯލްޑިވްސް ސްޓޯރީ" ކަމަށެވެ.

ތޯރިގް މިހާރު ތައްޔާރުވެ ވަޑައިގަންނަވަމުން އަންނަނީ މި މަހު ބާއްވާ އދ. ގެ އާންމު މަޖިލީހުގެ ބައްދަލުވުމާއި އެ ބައްދަލުވުމުގެ ހަވާސާގައި ބާއްވާ އިވެންޓުތަކަށެވެ. އޭގެ ތެރޭގައި ރާއްޖެއިން އިންތިޒާމުކުރާ ބައެއް ސައިޑް އިވެންޓުތައް ވެސް ހިމެނެ އެވެ. އެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް އޭނާ މިއަދު އެމެރިކާގެ ނިއު ޔޯކަށް ފުރާވަޑައިގަންނަވާނެ އެވެ.

ސައިޑް އިވެންޓައް ފަހު ޕެނަލިސްޓުންގެ ވާހަކަ ތަކުގައި ވޯލްޑް ބޭންކްއާއި، ދިވެހި ރާއްޖެއާއި، އޭޑީބިއާއި، އައިރީނާ ރިނިއުބަލް އެނާޖީ އިންޓަނޭޝަނަލް އެޖެންސީގެ ފަރާތުން ޕެނަލިސްޓުންގެ ގޮތުގައި ވާހަކަދައްކަވާއިރު ޔޫއެން އެނާޖީ ގެ ދަށުން މި ސެޝަން މޮޑަރޭޓް ކުރެވިގެން ދާނެ ކަަމަށް މިނިސްތަރު ތޯރިގް ވިދާޅުވި އެވެ.  އަދި މި ސައިޑް އިވެންޓްގައި މިނިސްޓަރުގެ އިތުރުން ރައީސް ޑރ. މުއިއްޒު ވާހަކަފުޅު ދައްކަވާނެ ކަމަށް ތޯރިގް ވަނީ ވިދާޅުވެފަ އެވެ. 

މިއީ ދިވެހި ރާއްޖެއިން އދ ގެ މެމްބަރު ގައުމުގެ ގޮތުގައި އޮވެ ބައިވެރިވެގެން ބައިވެރިވާތާ 59 އަހަރު ފުރޭ އަހަރު ކަަމަށް ފާހަގަކޮށް މިނިސްޓަރު ތޯރިގް ވިދާޅުވީ އެންވާރަމަންޓް މިނިސްޓްރީގެ ފަރާތުން އެމަނިކުފާނު ބައިވެރިވާއިރު އޭގެ އިތުރަށް ބައެއް އިވެންޓްތަކުގައި ރާއްޖެއިން އިސްނަގައިގެން ބާއްވާ ސައިޑް އިވެންތްތައްވެސް ޔޫއެންގެ 79 ވަނަ އާންމު ޖަލްސާގައި ހިމެނިގެން ދާނެ ކަމަށެވެ.

"ބައެއް ސައިޑް އިވެންޓްތަކުގައި އަދި ބައެއް މީޓީންގްސް ތަކުގައި ރައީސް މުއިއްޒު ބައިވެރި ވަޑައިގަންނަވާނެ، އެގޮތުން އަޅުގަނޑު އެންމެ ފުރަތަމާނުން ފާހަގަކޮށްލަން ބޭނުންވަނީ މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާ ހަލަތައާ ބެހޭ ވުޒާރާގެ ފަރާތުން އިސްނަގާގެން އދ ގެ އާންމު މަޖިލީހުގެ ހަވާސާގައި ރާއްޖޭގައި އިޔާދަކުރަނިވި ހަކަތައާ ގުޅޭ ސައިޑް އިވެންޓެއް ރާވާފައި މިވަނީ، މި ސައިޑް އިވެންޓްގައި ރާއްޖެއިން މިހާތަނަށް އިޔާދަ ކުރަނިވި ހަކަތާގެ ސްޓޯރީ، އިޔާދަ ކުރަނިވި ހަކަތަ މިހާތަނަށް ދިޔައިރު އާލާ ކުރެވިފައި ހުރި ގޮތްތަކާއި ދިމާވި ގޮން ޖެހުންތަކާ އަދި ކުރިއަށް އޮތްތަނުގައި އިޔާދަކުރަނިވި ހަކަތަ އިތުރަށް އާލާކޮށް ރައީސްގެ ވައުދުފުޅެއްކަމަށްވާ ރާއްޖޭގައި ޑީޒަލް އިން ކަރަންޓު އުފައްދާ މިންވަރުގެ 31 ޕަސެންޓަކީ އެއީ އިޔާދަކުރަނިވި ހަކަތައިން ހަދަން އެކުލަވާލަފައި އޮތް ގޮތުގެ ވާހަކައާއި އަދި ޕްރައިވެޓް ސެކްޓާ އިޔާދަކުރަނިވި ހަކަތައިގެ ދާއިރާގައި އިންވޯލް ކުރެވޭނެ ގޮތްތަކަށް ބެލޭނެ" ތޯރިގް ވިދާޅުވި އެވެ.

އދ. އާންމު މަޖިލީހުގެ ހަވާސާގައި ރާއްޖެއިން އިންތިޒާމުކޮށްގެން "ދަ ސަމިޓް އޮފް ދަ ފިއުޗާ ސައިޑް އިވެންޓް: އަ ވިޝަން ފޯ އޭން އިންޓެލިޖެންސް ޑްރިވެން ފިއުޗާ ފޯ މޯލްޑިވްސް"ގެ ނަމުގައި ބައްދަލުވުމެއް ބާއްވާނެ އެވެ. އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވެސް ވާހަކަފުޅު ދައްކަވާނެ އެވެ.

ރާއްޖެއިން ތެލަށް ބާރޯސާވާ ވަރު ކުޑަކުރުމަށްޓަކައި 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އުފައްދާ ހަކަަތައިގެ 33 ޕަސެންޓަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް