ads
އިގްތިސާދަށް އިންގިލާބީ ބަދަލެއް: ބައިނަލްއަގުވާމީ ބަންކަރިން ހިދުމަތް ރަސްމީކޮށް ފަށުން: ފޮޓޯ ރައީސް މުއިއްޒު އެކްސް
އިގްތިސާދަށް އިންގިލާބީ ބަދަލެއް: ބައިނަލްއަގުވާމީ ބަންކަރިން ހިދުމަތް ރަސްމީކޮށް ފަށައިފި
ރާއްޖޭގެ އިގްތިސާދަށް އައު ދޮރެއް ހުޅުވައިލައި، ބައިނަލްއަގުވާމީ ބަންކަރިން ޚިދުމަތް މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
Advertisement

މި ހިދުމަތް ރަސްމީކޮށް ފަށައިދެއްވީ ހއ. ހޯރަފުށީގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ހއ. އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލިހުގެ ފަސް މެމްބަރުންނެވެ.

އިހަވަންދިއްޕޮޅުގައި ފެށުނު މި ހިދުމަތުގެ ދަށުން، އެންމެ ފުރަތަމަ ބަންކަރިން ހިދުމަތް ފޯރުކޮށްދެވުނީ އެމްއެސްއެސް އިން އޮޕަރޭޓްކުރާ "ވައިސީ ބެރިއާ" އުޅަނދަށެވެ. މިއީ ކޮލަމްބޯއާއި މާލެއާ ދެމެދު ދަތުރުކުރާ، މަހަކު 200 ޓަނުގެ ތެޔޮ ބޭނުންކުރާ އުޅަނދެކެވެ.

އިހަވަންދިއްޕޮޅަކީ ދުނިޔޭގެ މުހިންމު ޝިޕިން ރޫޓްތަކާ ގުޅިފައިވާ، މެރިޓައިމް ހިދުމަތްތައް ތަރައްގީކުރުމަށް އެކަށޭނަ ސަރަހައްދެކެވެ. މި ސަރަހައްދުގައި ބައިނަލްއަގުވާމީ ބަންކަރިން ހިދުމަތް ފެށުމަކީ ރާއްޖޭގެ އިގްތިސާދަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.

މި ހިދުމަތުގެ ތެރޭގައި ޕައިލަޓޭޖް، ކްރޫ ޗޭންޖު، ޝިޕް ޓު ޝިޕް ސާވިސް، ފްރެޝް ވޯޓާ ސަޕްލައި، އަދި އެހެނިހެން ގިނަ ހިދުމަތްތަކެއް ހިމެނެއެވެ. މި ހިދުމަތްތައް ފޯރުކޮށްދިނުމަށް އެމްޕީއެލްއިން ވަނީ ހާއްސަ ވެބްސައިޓަކާއި ހޮޓްލައިނެއް ވެސް ތަޢާރަފުކޮށްފައެވެ.

ކުރިއަށް އޮތް ތަނުގައި އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމަންޓު ބަނދަރަކާއި އޮންޝޯ ބަންކަރިން ފެސިލިޓީއެއް ތަރައްގީކުރުމަށްވެސް ސަރުކާރުން ވަނީ ރޭވިފައެވެ. މީގެ އިތުރުން، އުލިގަމުގައި ޔޮޓް މެރީނާއަކާއި ހއ. އިހަވަންދޫގައި ޑޮކް ޔާޑެއް ގާއިމުކުރުމަށްވެސް ވަނީ ނިންމާފައެވެ.

މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އައު ފުރުސަތުތަކެއް ހުޅުވި، މެރިޓައިމް ދާއިރާ އިތުރަށް ކުރިއަރައި، ވަޒީފާގެ އައު ފުރުސަތުތަކެއް އުފެދިގެންދާނެ ކަމަށް ބެލެވެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް