ads
އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
ދިވެހިންނަށް ތަރައްގީގެ ފައިދާވާ ތަސައްވުރެއް އަދިވެސް އޮތީ އެމްޑީޕީގައި: ޝާހިދު
މުޅި ރާއްޖޭގެ ތަރައްގީގެ ތަސައްވުރަކާއި، ހުރިހާ ދިވެހިންނަށް ތަރައްޤީގެ ފައިދާވާ ތަސައްވުރެއް އަދިވެސް އޮތީ އެމްޑީޕީގައި ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
Advertisement

ޝާހިދު މިހެން ވިދާޅުވީ ހަނިމާދޫ އިންޓާނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތުގެ 69.2 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ހާމަކުރުމުންނެވެ. 

އެ ވާހަތަކާއި ގުޅުވާ އިދިކޮޅު އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން ފެށީ އުތުރުގެ އަތޮޅުތަކާއި އަދި މުޅި ރާއްޖޭގެ ތަރައްގީގެ ތަސައްވުރާއެކުކަމަށެވެ. 

މި އެއާޕޯޓް ތަރައްގީކޮށް ނިމުމުން ބޮޑު ތިލަދުންމައްޗަކީ ފަތުރުވެރިކަމާއި ވިޔަފާރީގެ ސަރަހައްދީ މަރުކަޒަކަށް ވެގެންދާނެކަމަށްް ޝާހިދު ވިދާޅުވި އެވެ. އަދި މިއީ ބޮޑު ތިލަދުންމައްޗާއި މުޅި އުތުރުގެ ތަރައްޤީގެ މުޅިން އާ ބާބެއްގެ ފެށުންކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ ރާއްޖޭގެ ތަރައްްގީގެ ތަސައްވަރު އަދިވެސް ގުޅިފައިވަނީ އެމްޑީޕީއާ ކަމަށެވެ. 

"މުޅި ރާއްޖޭގެ ތަރައްގީގެ ތަސައްވުރަކާއި، ހުރިހާ ދިވެހިންނަށް ތަރައްޤީގެ ފައިދާވާ ތަސައްވުރެއް އަދިވެސް އޮތީ އެމްޑީޕީގައި. މި ކާމިޔާބު މަޝްރޫއަށް އިންޑިއާއިން މާލީ އެހީތެރިކަން ހޯދައި، މަސައްކަތް ހަލުވި ސްޕީޑުގައި ފެށުމުގައި އިބްރާހިމް މުހައްމަދު ސާލިހް ސަރުކާރުގައި ކުރެވުނު މަސައްކަތްތަކާމެދު ހިތްހަމަޖެހޭ." ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވެއެވެ.

ރާއްޖޭގެ އެންމެ އުތުރުގައި ހިމެނޭ އެއާޕޯޓްތަކުގެ ތެރެއިން ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރަން މިދިޔަ ސަރުކާރުން ހަވާލުކޮށްފައިވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ އެވެ. މި މަޝްރޫއުއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު ފައިސާ އިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއުއެކެވެ.

މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2460 މީޓަރުގެ އާ ރަންވޭއަކާއި، 111،000 އަކަފޫޓުގެ ޒަމާނީ ޓާމިނަލެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި 624،000 އަކަފޫޓުގެ އޭޕްރަން އަކާއި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ވެސް ގާއިމުކުރުމަށް ވަނީ ނިންމާފަ އެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު މަޝްރޫއަކީ މުޅި އުތުރުގެ ފަތުރުވެރިކަމާއި ގުޅިފައިވާ ބޮޑުތިލަދުންމަތީގެ އިގުތިސާދާއި ސީދާ ގުޅިފައިވާ މަޝްރޫއެކެވެ. މިމަސްރޫއުގެ މަސައްކަތް ފެށީ މިދިޔަ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. މި އެއާޕޯޓު ތަރައްގީ ކުރަނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ވަސީލަތްތަކާއެކުގަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް