ލުބުނާނުގެ ބައެއް މީޑިއާތަކުން ހަބަރުފަތުރާ ގޮތުގައި ޔަހޫދީން ވަނީ ލުބުނާނާއި ދެކޮޅަށް ވަރުގަދަ މިލިޓަރީ އޮޕަރޭސަނެއް ފަށާފަ އެވެ. އަދި މި އޮޕަރޭސަނަކީ ލުބުނާނުގެ ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ ހިޒްބުﷲ އާއި ދެކޮޅަށް އިއުލާނުކުރި އޮޕަރޭސަނެއް ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެ އެވެ،
ޔަހޫދީން ލުބުނާނާއި ދެކޮޅަށް ފެށި މި އޮޕަރޭސަނުގެ ތެރެއިން މިހާރުވެސް އެފް-35 ގެ ހަނގުރާން މަތީ ޖެޓްތައް ބޭނުންކޮށްގެން ދެކުނު ލުބުނާނަށް ދަނީ ވައިގެން މަގުން ވަރުގަ ހަމަލާތަކެއް ދެމުންނެވެ. އެގޮތުން މިހާރުވެސް މެދު ނުކެނޑި ހަމަލާތައް ދެމުން އަންނަކަމަށް ލުބުނާނުގެ ހަބަރު ފަތުރާ ވަސީލަތްތަކުން ބުނެ އެވެ.
ޔަހޫދީ ފައުޖުތަކުގެ މި ހަމަލާތަކާއި ގުޅިގެން ހިޒްބުﷲ ގެ ލީޑަރު ނަސްރުﷲ ވިދާޅުވީ ޔަހޫދީންގެ މި އޮޕަރޭސަނުގެ މައިގަނޑު މަގުސަދަކީ ދެކުނުގައި ތިބި މީހުން އުތުރު ލުބުނާނަށް ފައްސާލުން ކަމަށާއި އެކަން ޔަހޫދީ ފައުޖުތަކަށް ކާމިޔާބު ނުވާނޭކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ޔަހޫދީންގެ ޗެލެންޖް މިހާރު މިތިބީ ގަބޫލުކޮށްގެން ކަމަށާއި، ޔަހޫދީން ކިތަންމެ ވަރުގަދަ އޮޕަަރޭސަނެއް ހިންގިޔަސް، އުތުރަށް އެނބުރި ނުދެވޭނެކަމަށެވެ.
ނަސްރުﷲ ވިދާޅުވީ އިސްރާއީލު މީހުން އެމީޙުންގެ ވަަޒަނުން ނެރެ އެއްލާލާނަން ކަމަށާޢީ، އެދުވަސް މިހާރު އޮތީ ވަރަށް ގާތުގައިކަމަށެވެ. އަދި އެއްގަމު މަގުން ޔަހޫދީ ފައުޖުތަކަށް ލިބުނާނަށް އަރައި ނުގަނެވޭނޭ ކަަމަށާއި އެކަމަށް މިތިބީ ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށް އޭނާ ބުންޏެވެ.
އޭނާ އިތުރަށް ވިދާޅުވީ ޔަހޫދީން މިއަދު ހެވިފައި ތިބެ މުސްލިމުން ގަތުލުކުރަމުން ދިޔަޔަސް، މާދަމާ ގިސްލާފައި ރޯންޖެހޭނެކަމަށެވެ. އެދުވަސް އޮތީ ވަރަށް ގާތުގައި ކަމަށް ނަސްރުﷲ ވިދާޅުވި އެވެ.
ޔަހޫދީން ލުބުނާނާއި ދެކޮޅަށް ވައިގެ މަގުން ވަރުގަދަ މިލިޓަރީ އޮޕަރޭސަނެއް ފަށާފައި މިވަނީ ލުބުނާނުގައި ދެ ދުވަހެއްގެ ތެރޭގައި ހިނގި ގޮއްވާލުންތަކާ ގުޅިގެން އެ ގައުމުގެ ރައްޔިތުން ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައިވާ ދަނޑިވަޅެއްގައި އެވެ.