ads
ފޮޓޯ: ސީއެންއެން
ޕޭޖަރުތަކާއި ވޯކީޓޯކީތައް ލުބުނާނުގައި ގޮއްވާލައި، 37 މަރު، 3000 މީހުން ޒަހަމް
ލުބުނާނުގައި ދެ ދުވަހެއްގެ ތެރޭގައި ހިނގި ގޮއްވާލުންތަކާ ގުޅިގެން އެ ޤައުމުގެ ރައްޔިތުން ވަނީ ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިއްޖެއެވެ.
Advertisement

އަންގާރަ ދުވަހު ޕޭޖަރުތައް ގޮއްވާލުމަށްފަހު، ބުދަ ދުވަހު ވޯކީޓޯކީތައް ގޮއްވާލުމުގެ ސަބަބުން މިހާރު އެއްވެސް އިލެކްޓްރޯނިކް އާލާތެއް ރައްކާތެރި ނޫންކަމަށް ލުބުނާނު މީހުން އަންނަނީ ބުނަމުންނެވެ. 

މި ހަމަލާތަކުގައި މިހާތަނަށް 37 މީހުން މަރުވެ، 3،000 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވެއެވެ. ޒަހަމްވި މީހުންގެ ތެރެއިން ގިނަ ބަޔަކަށް ލޮލަށާއި އަތްތަކަށް ގެއްލުން ލިބިފައިވާކަމަށް ޑޮކްޓަރުން ބުނެއެވެ.

ގޮއްވާލުންތަކާ ގުޅިގެން ގިނަ ބަޔަކު ވަނީ ފޯނުތަކާއި ލެޕްޓޮޕްތައް ބޭނުންކުރުން ހުއްޓާލާފައެވެ. އަދި ބައެއް މީހުން ވަނީ އެހެން މީހުންނާ ކައިރިވުމަށްވެސް ފަސްޖެހިފައެވެ. މި ހަމަލާތަކަކީ އިސްރާއީލުން ދިން ހަމަލާތަކެއްކަމަށް ހިޒްބުއްލާއިން ތުހުމަތުކޮށް، ޖަވާބުދާރީވާނެކަމަށް ބުނެފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ލުބުނާނާއި އިސްރާއީލާ ދެމެދު ހަނގުރާމައެއް ފެށިދާނެކަމުގެ ބިރުވެރިކަން އުފެދިފައިވާއިރު، ހިޒްބުއްލާގެ ލީޑަރު ހަސަން ނަސްރުއްލާ ބުރާސްފަތި ދުވަހު ދެއްވާ ތަޤްރީރަކުން މި ކަމާ ގުޅޭ އިތުރު މަޢުލޫމާތު ލިބިދާނެކަމަށް ބެލެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް