ads
ކުރީގެ ރައީސް ނަޝީދު އަދި ކުރީގެ ރައީސް ސޯލިހު
ދެ ޕާޓީ އެއްކޮށްލުމުގެ ވާހަކަ ދެކެވުނު ކަމަށް ބުނާ ބުނުން ސޯލިހް ދޮގުކުރައްވައްވައިފި
އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް އެއްކޮށްލުމުގެ މަޝްވަރާތަކެއް ނުކުރައްވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
Advertisement

މި މައްސަލަ ކުރިމަތިވީ ހާއްސަ މަޖިލީހުގެ ކުރީގެ އެމްޑީޕީ މެންބަރު އަހްމަދު ޝަފީގް (މީމު ސައްޕެ) އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް އެއްކޮށްލުމުގެ މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ. 

ސައްޕެ ވިދާޅުވީ ރައީސް ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެބޭފުޅުން ބައްދަލުކުރައްވައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

ނަމަވެސް، އެމްޑީޕީ ގައުމީ މަޖިލީހުގެ ރަސްމީ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއް މިއަދު އާންމުވެފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވަނީ މި ވާހަކަ ދޮގުކުރައްވައިފައެވެ. އެމަނިކުފާނު ވިދާޅުވީ، ނަޝީދާއި އެމަނިކުފާނު ވާހަކަފުޅު ނުދައްކަވާތާ ވަރަށް ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.

އިތުރަށް ރައީސް ސާލިޙު ވިދާޅުވީ، "އެފަދަ ވާހަކައެއް އަޅުގަނޑާ މިހާތަނަށް ދައްކާފައި ނުވާ ވާހަކަ ވެސް ބުނެލަން" ކަމަށެވެ. އަދި އެމްޑީޕީން އެއްވެސް ޕާޓީއަކާ ވާހަކަދައްކައި އެކުގައި މަސައްކަތް ކުރަން ނިންމާނީ ޕާޓީގެ ގައުމީ މަޖިލިހުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިގޮތުން، ދެ ޕާޓީ އެއްކޮށްލުމުގެ މަޝްވަރާތަކެއް ކުރެވުނު ކަމަށް ބުނެވުނު ވާހަކަތައް ކުރީގެ ރައީސް ސޯލިހް ސީދާ ދޮގުކުރައްވާފައިވާކަން ފާހަގަކުރެވެއެވެ.

71%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް